Advertisement

ދެވަނަ ފިޔަވަހި ބީޗުން 13 ބިމެއް ވިއްކަނީ، ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4,000ރ.

9 މޭ 2024 - 19:50 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗު ސަރަހައްދު. މި ބިންތައް ގަތުމަށް އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ވެސް ކުރިމަތިލެވޭނެ --- ފޮޓޯ: އެޗްޑީސީ


ދެވަނަ ފިޔަވަހި ބީޗުން 13 ބިމެއް ވިއްކަނީ، ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4,000ރ.

9 މޭ 2024 - 19:50 0

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗު ސައިޑުން 13 ބިމެއް ވިއްކުމަށް އެ ރަށް ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފި އެވެ.

މިއަދު ހުޅުވާލީ ބިން ވިއްކުމުގެ ދެ މަރުހަލާގެ ތެރެއިން ފުރަތަމަ މަރުހަލާ ކަމަށްވާ ޝައުގުވެރިކަން ފާޅުކުރުމަާށެވެ. ދެވަނަ މަރުހަލާގައި އޮންނާނީ ޝައުގުވެރިކަން ފާޅުކުރާ މީހުންގެ ތެރެއިން ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވާނަމަ ބިޑު ކުރުމެވެ.

މި 13 ބިންތަކުގެ ތެރޭގައި 1,864 އަކަފޫޓާއި 2,408 އަކަފޫޓާ ދެމެދުގެ ބިންތައް ހިމެނޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. މި ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4,000ރ. ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކުރިމަތިލެވޭއިރު ކުންފުނީގެ ގޮތުގައި ކުރިމަތިލެވޭނީ ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށް ކަމަށް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލެއިން 13 ބިމެއް ވިއްކުމަށް މިއަދު ހުޅުވާލއިރު 15 ބިމެެއް ވިއްކުމަށް އެޕްރީލް 2023, ގައި އާއި ޑިސެމްބަރު 2021، ގައި 60 ބިމެއް ވިއްކުމަށް ވެސް ހުޅުވާލި އެވެ.