Advertisement

ތިލަފުށިން ނުވިކި ހުރި ބިންތައް ވިއްކަން އަލުން ހުޅުވާލައިފި

ތިލަފުށި ފޭސް 2: ބިން ވިއްކަނީ އަކަފޫޓަކަށް 1،700ރ އަށް ކަމަށް އެޗްޑީސީއިން ވަނީ ބުނެފައި -- ފޮޓޯ: އެޗްޑީސީ


ތިލަފުށިން ނުވިކި ހުރި ބިންތައް ވިއްކަން އަލުން ހުޅުވާލައިފި

ތިލަފުށިން އަލަށް ހިއްކި ސަރަހައްދު (ތިލަފުށި ފޭސް 2) އިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަލުން ހުޅުވާލަައިފި އެވެ.

އެޗްޑީސީއިން ކުރި އިއުލާނެއްގައި ބުނީ ބިން ވިއްކުމަށް ހަމަޖެހިފައި ވަނީ ތިލަފުށި "އޭ" ގެ އޭރިއާ "ބީ" ގައި އަދިވެސް ނުވިކި ހުރި ބިންތައް ކަމަށެވެ. މި ބިންތައް ވިއްކަން ފަށާ އަގަކީ، ކުރިން ވެސް ވިއްކަން ހުޅުވާލި، އަކަފޫޓެއް 1،700ރ. މަގުންނެވެ.

ތިލަފުށިން ބިންތައް ވިއްކާނީ 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ނުވަތަ 100 ޕަސަންޓު ހިއްސާ އޮންނަ ދިވެހި ކުންފުނިތަކަށް އެކަންޏެވެ.

މިފަހަރު ވިއްކާލާ ޕްލޮޓުތަކުގެ ޓައިޕް 1 (ބޮޑުމިނުގައި 2،500 އާއި 4،999 އަކަފޫޓު) ގެ 64 ޕްލޮޓާއި ޓައިޕް 2 (ބޮޑުމިނުގައި 5،000 އާއި 9،999 އަކަފޫޓު) ގެ 42 ޕްލޮޓުގެ އިތުރުން ޓައިޕް 3 (ބޮޑުމިނުގައި 10،000 އަކަފޫޓާއި 14،999 އަކަފޫޓު) ގެ ތިން ޕްލޮޓު ކަމަށެވެ.

ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން، ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި ހުށަހެޅުމަށް ހަމަޖެހިފައި ވަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ޕޯޓަލް މެދުވެރިކޮށް ނޫން ގޮތަކަށް ބިން ގަތުމަށް އެދޭ ފަރާތްތަކުން އިއުލާނާއެކު އެކީވާ ފޯމު ފުރިހަމަކޮށް، [email protected] އަށް އީމެއިލް ކުރުމަށް އެޗްޑީސީން އެދިފައިވެ އެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެ ކަމަށްވާއިރު، އެތަނުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރެ އެވެ.

ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމާއެކު، މުދާ ކްލިއާ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމަށް ވިޔަފާރިތަކަށް ފަސޭހަތަކެއް ލިބޭނެ އެވެ.

ތިލަފުށްޓަކީ ވިޔަފާރިވެރިނަނަށް ފަހި ފުރުސަތުތަކެއް ގެނެސްދިނުމުގެ ބޭނުމުގައި ޒަމާނީ ފެނަވަރަށް ތަރައްގީ ކުރެވެމުން އަނަން އަނަން ރަށެކެވެ.