7 މާރިޗު 2024 - 11:34 0
މުހައްމަދު ޖަމްޝަތު ވަހީދު
7 މާރިޗު 2024 - 11:34 0
އަތުން ދަމާ ހަނެއް މޮޑިފައިކޮށްގެން ހެދި ގްރައިންޑަރެއް ބޭނުންކުރަނިކޮށް އޭގެ ތިލަ ފަޅައިގެންގޮސް މީހެެއްގެ ފައި ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެެވެ.
ގއ.މާމެންދޫގައި މިއަދު ހެދުނު ހިނގި އެ ހާދިސާގައި އަނިޔާވީ ދިވެއްސަކަށެވެ.
"އަދަދު" އަށް މައުލޫމާތުދެއްވަމުން މާމެންދޫ ކައުންސިލުގެ ނައިބު ރައީސް މިސްބާހު މުޖުތަބާ ވިދާޅުވި ގޮތުގައި އެހާދިސާ ހިނގަން މެދުވެރިވީ ވަޅިއާއި އެފަދަ އެހެން ތަކެތި ތޫނުކުރަން ކުރިއްސުރެ ރާއްޖޭގައި ބޭނުންކުރަމުން އަންނަ އަތު ހަނެއް މޮޑިފައިކޮށް، އިލެކްޓްރިކް މޯޓަރެއްް އަޅުވައިގެން ހެދި "ޕްރޮޓޮޓައިޕް ގްރައިންޑަރެއް" ބޭނުންކުރުމުގެ ތެރޭގައި ކަމަށެވެ.
އެ ބޭނުންކުރުމުގެ ތެރޭގައި ހަނުގެ ތިލަ ހަރުކޮށްފައި ހުންނަ ލަކުޑިގަނޑާއި އޭގެ ތިލަ ފަޅައިގެންގޮސް އެ އެއްޗިހިން ޖެހުމުގެ ސަބަބުން ޒަހަމްވި މީހާގެ ވައަތު ފައި ވަރަށްބޮޑަށް ކަފައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަހަމްވި މީހާއަށް ފަރުވާދެމުން އަންނަނީ ގއ. އަތޮޅު ހޮސްޕިޓަލުގަ އެވެ.
ޑޮކްޓަރުންނާއި ހަވާލާދީ ހޮސްޕިޓަލުގެ މެނޭޖަރު އަލީ ޝަމީމު ވިދާޅުވީ ޒަހަމްވި މީހާގެ ހާލު މިހާރު ސްޓޭބަލް ކަމަށެވެ.
އެ ހާދިސާގައި އޭނާގެ ވައަތު ފައިގެ ކަކުލާއި ކުޑަހުޅާއި ދޭތެރެއިން ވަރަށް ބޮޑަށް ކަފައިގެން ގޮސް ކަށިގަނޑަށްވެސް ގެއްލުންވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އޭނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ އިތުރު ފަރުވާ ދިނުމަށް އެއާ އެމްބިއުލާންސްގައި މާލެ ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment