9 މާރިޗު 2024 - 01:22 1
ލީވާން އަލީ ނާސިރު
އިންޑިއާގައި ބޭނުންކުރާ ފުރަތަމަ އޭއައި އަންހެން ޓީޗަރު "އައިރިސް" ދަރިވަރަކާ ސަލާމްކުރަނީ -- ފޮޓޯ: އެކްސް
9 މާރިޗު 2024 - 01:22 1
އިންޑިއާގެ ޓްރިވެންޑްރަމްގެ ސްކޫލެއްގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓީޗަރެއް ކިޔަވައިދޭން ފަށައިފި އެވެ.
ކެރެލާ ސްޓޭޓުގެ ވެރިރަށް، އަދި ދިވެހިން އާންމުކޮށް ބޭސްފަރުވާ އަށް ޒިޔާރަތްކުރާ ޓްރެވެންޑްރަމްގެ ސްކޫލެއް ކަމުގައިވާ، ކޭޓީސީޓީ ހަޔާ ސެކަންޑްރީ ސްކޫލްގައި ތައާރަފު ކުރި "އައިރިސް" ގެ ނަން ދީފައިވާ އޭއައި ރޮބަޓު އުފައްދާފައި ވަނީ މަކާލެބްސް އެޑިޔުޓެކް ޕްރައިވެޓު ލިމިޓެޑާ ގުޅިގެންނެވެ.
މިއީ ކުދިންނަށް ކިޔެވުމަށް ލިބޭ ރަނގަޅު ފުރުސަތެެއް ކަމަށް އެ ސްކޫލުން ބުނެ އެވެ.
މަކާލެބުން ބުނީ މި އުފެއްދުމާއެކު ކުދިންގެ ކިޔެވުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށާއި، އުނދަގޫ ސުވާލުތަކަށް ތިން ބަހަކުން ޖަވާބު ދެވޭނެ ގާބިލްކަން އައިރިސް އަށް ލިބިގެންވާ ކަމަށެވެ.
މި އުފެއްދުމުގެ ސަބަބުން ދަރިވަރުންނަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއެކު އުނގެނުމުގެ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންދިޔުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވާނެ އެވެ.
އަންހެނެއްގެ ސިފައިގައި ތައްޔާރުކުރި އައިރިސް ޒީނަތްތެރިކޮށްފައިވަނީ ސާޅީގަ އެވެ. އައިރިސް ކްލާހަށް އައިސް ކުދިންނާ ސަލާން ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުކޮށްފަ އެވެ.
ބިލިއަނަރު އެލޮން މަސްކުގެ އޭއައި ބޭނުންކޮށްގެން އެކި އުފެއްދުންތައް މާކެޓަށް ނެރެމުން އަންނައިރު، އޭއައިއަށް އޮންނަ ޑިމާންޑް ދުވަހަކަށްވުރެ ދުވަހެއް އަންނަނީ އިތުރުވަމުންނެވެ.
0.00%
0.00%
0.00%
100.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ކަހާނީ ގަރު ދިޔަ ކީ
about 1 year ago
ދެން މޫނު ބުރުގާ އެޅި ޓީޗަރުންވެސް އޯކޭ ވާންޖެހޭނެއްނުދޯ، އަބަދު ފްރޯންވެފަ ހުންނަ ބުދެއް އޯކީ އިއްޔާ
Comment