15 އޭޕްރީލް 2025 - 01:46 0
އަހުމަދު ދާއޫދު
15 އޭޕްރީލް 2025 - 01:46 0
އަހުގެ ބޮޑީ ލޭންގްއޭޖް މާނަ ކުރުމަށް އޭއައި ނިޒާމެއް ތައާރަފުކޮށްފި އެވެ.
ސްވީޑަންގެ ދިރާސާވެރިން ތައްޔާރު ކުރި "ޑެސީ" ނަމަކަށް ކިޔާ މި ނިޒާމުން އަސްތަކުގެ ހަރަކާތްތަކުގެ ޑޭޓާ މެދުވެރިކޮށް އެ ޖަނަވާރުގެ "އަޑު" އިވޭ ކަހަލަ ގޮތަކަށް މަސައްކަތްކުރެ އެވެ.
މި ޓެކްނޮލޮޖީގެ ސަބަބުން، އަސްތަކުގެ ސިއްހީ މައްސަލަތައް ވަރަށް ކުރީ މަރުހަލާއެއްގައި ދެނެގަނެވި، އަވަހަށް ފަރުވާ ދެވޭނެ މަގު ފަހިވެގެންދެ އެވެ. އަދި އަސްތަކުގެ ހަރަކާތްތަކުގެ ނަމޫނާތަކުގެ ޑިޖިޓަލް ރެކޯޑުތައް އުފެއްދި، އެ ރެކޯޑުތައް ދިރާސާ ކުރެވޭނެ ގޮތް ވެސް މި ޓެކްނޮލޮޖީން ފަހިކޮށްދެ އެވެ.
ޑެސީ ބޭނުންކުރަނީ "ޑިސެންޓަންގަލްޑް ލާނިން" ނަމަކަށް ކިޔާ ޓެކްނިކެކެވެ. މި ޓެކްނިކުން ސިފަ އާއި ހަރަކާތްތައް ފަދަ ކަންކަން ވަކިކޮށް، ގުޅުމެއް ނެތް ފަސް މަންޒަރުގެ މައުލޫމާތު އިސްތިސްނާކުރެ އެވެ.
ތަމްރީނު ލިބިފައިވާ ވެޓެރިނޭރިއަނުންނަށް ވެސް ފާހަގަ ނުކުރެވޭ ފަދަ ކުދިކުދި ވޭނާއި އުނދަގޫގެ ނިޝާންތައް ދެނެގަތުމުގައި މި ސިސްޓަމް ވަރަށް ކުޅަދާނައެވެ.
މި ސިސްޓަމަށް މަސައްކަތްކުރެވެނީ އެންމެ ކެމެރާއަކުން ނަގާ ވީޑިއޯ ފުޓޭޖަކުންނެވެ. މިކަމުގެ ސަބަބުން ރަށްފުށުގެ ކްލިނިކްތަކާއި ދިރާސާވެރިންނަށް މި ޓެކްނޮލޮޖީ ފަސޭހައިން ބޭނުންކުރެވޭނެ އެވެ.
އޭއައި ތަމްރީނުކުރުމަށްޓަކައި ދިރާސާވެރިން ވަނީ "ޑެސީޕައިޕް" ނަމަކަށް ކިޔާ ސިންތެޓިކް ޑޭޓާ އިންޖީނެއް އުފައްދާފަ އެވެ. މި އިންޖީނުން ހަގީގީ ދުނިޔޭގެ އަސްތަކުގެ ބާވަތްތަކުގެ ސިފަތަކަށް ބިނާކޮށް ނުހުއްޓި އަސްތަކުގެ މަންޒަރުތައް އުފައްދަ އެވެ. ޑެސީ ތަމްރީނުކޮށްފައި ވަނީ މައިގަނޑު ގޮތެއްގައި ސިންތެޓިކް ޑޭޓާއިން ކަމުގައިވީ ނަމަވެސް، 150 އަސްލު އަސްތަކުގެ މަންޒަރު ބޭނުންކޮށްގެން ނިޒާމު ފުރިހަމަކޮށްފައިވެ އެވެ.
މި ޓެކްނޮލޮޖީގެ ބޭނުން އަސްތަކުގެ އިތުރުން ޒެބްރާ އަދި އެފަދަ އެހެން ބާވަތްތަކުގެ ޖަނަވާރުތަކަށް ވެސް ކުރެވިދާނެކަމަށް ދިރާސާވެރިން ގަބޫލުކުރެއެވެ.
އާންމު ބަލި ދެނެގަތުމުގެ ވަސީލަތްތަކަށްވުރެ މާ ކުރިން ސިއްހީ މައްސަލަތައް ދެނެގަތުމުގެ އާ ގޮތެއް މި ޓެކްނޮލޮޖީން ހުށަހަޅައެވެ.
މި ދިރާސާ ޝާއިއުކޮށްފައި ވަނީ arXiv ގަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment