Advertisement

އެޗްޑީސީއަށް ލިބެން ޖެހޭ 800 މިލިއަން ރުފިޔާ ހޯދަން ކުރީ ސަރުކާރުން މަސައްކަތް ކޮށްފައި ނެތް: ފަޒުލް

7 މާރިޗު 2024 - 11:30 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް. މިދިޔަ ސަރުކާރުން އެ ކުންފުންޏަށް ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށް ވިދާޅުވި ނަމަވެސް ތަފްސީލެއް ކަން ހިނގާފައިވާ ގޮތެއް ހާމައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް


އެޗްޑީސީއަށް ލިބެން ޖެހޭ 800 މިލިއަން ރުފިޔާ ހޯދަން ކުރީ ސަރުކާރުން މަސައްކަތް ކޮށްފައި ނެތް: ފަޒުލް

7 މާރިޗު 2024 - 11:30 1

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބެންޖެހޭ 800 މިލިއަން ރުފިޔާ ނުލިބި ހުރި ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމުހޫރިއްޔާ ވ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވ. ފެލިދޫގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ، ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ވަންނަންޖެހޭ 800 މިލިއަނެއްހައި ރުފިޔާ ނުލިބި އޮތް ކަމަށެވެ. އަދި އެ ރުފިޔާ ހޯދަން އޭރުގެ ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް ވިދާޅުވި އެވެ.

"800 މިލިއަނެއް ހާ ރުފިޔާ ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި ކުންފުންޏަށް ހޯދަންޖެހޭ. އެކަމަކު އެފައިސާ ހޯދަން އެއްވެސް މަސައްކަތެއް ކުރެވިފައިނުވާކަން ހިތާމައާއެކު ފާހަގަކުރަން،" ފަޒުލް ފާހަގަކުރެއްވި އެވެ.

އެޗްޑީސީގެ ދަރަނި 10 ބިލިއަނަށް އަރާފައިވާ މި ދަނޑިވަޅުގައި އިހުތިޔާރުކުރާ ސަރުކާރަކާއި ދޭތެރޭގައި ވިސްނަންޖެހޭކަމަށް ފަޒުލް ވިދާޅުވި އެވެ. އަދި އެ ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތްތަކެއް ތިބިކަން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ފަޒުލް ވަނީ ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއް ހިމެނޭހެން، 50 ބިމެއް ނުހައްގުން އެކި މީހުންނަށް ދީ، ބޭނުންކުރަމުން ދާކަމަށް ވެސް ވިދާޅުވެފަ އެވެ.