Advertisement

އަލޮންސޯ ގޮސްފިނަމަ ލެވަކޫސަނުން ބޭނުންވަނީ ރައުލް

7 މާރިޗު 2024 - 09:54 0


އަލޮންސޯ ގޮސްފިނަމަ ލެވަކޫސަނުން ބޭނުންވަނީ ރައުލް

7 މާރިޗު 2024 - 09:54 0

މެޑްރިޑް (މާޗް 7) - މި ވަގުތު ޑިމާންޑް ބޮޑުކޮށް ފެންނަ ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ، އެ ޓީމު ދޫކޮށްލައިފިނަމަ އެ މަގާމަށް އެ ޓީމުން ގެންނަން ބޭނުންވަނީ، ރެއާލް މެޑްރިޑްގެ ޔޫތު ޓީމުގައި ކޯޗަކަށް ހުރި ސްޕެއިނުގެ ކުރީގެ ކެޕްޓަން، ރައުލް ގޮންޒާލޭޒް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރެއާލް މެޑްރިޑްގެ އިތުރުން ޝާލްކާ އާއި އަލް ސާދު އަދި ނިއުޔޯކް ކޮސްމޯސަށް ކުޅުނު ފޯވާޑް، ރައުލް، 2015 ވަނަ އަހަރު ފުޓްބޯޅަ އިން ރިޓަޔާކުރުމަށް ފަހު، ކޯޗިން މަސައްކަތް ފެށީ 2015 ވަަނަ އަހަރު ރެއާލްގެ 15 އަހަރުން ދަށުގެ ޓީމުންނެވެ.

ރައުލް ރެއާލްގެ ބީ ޓީމު (ކަސްޓީއާއާ) ހަވާލުވީ 2019 ވަނަ އަހަރު އެވެ.

ލެވަކޫސަންގެ ކޯޗު، އަލޮންސޯ، ގެންދިއުމުގެ މަޝްވަރާތައް ބަޔާން މިއުނިކުން ވަނީ ފަށައިފަ އެވެ. އެހެންވެ، ލެވަކޫސަނުން މިހާރު އަންނަނީ އަލޮންސޯ އެ ޓީމު ދޫކޮށްލައިފިނަަމަ އެ ޓީމުން ދެން ގެންނާނެ ކޯޗެއްގެ ކަންކަން ވެސް މަޝްވަރާ ކުރަމުންނެވެ. އެ ލިސްޓުގެ ކުރީގައި އޮތް އެއް ނަމަކީ، ރައުލް އެވެ.

މިދިޔަ 12 ވަރަކަށް މަސް ދުވަސް ތެރޭ ރައުލް އަށް ވަނީ ޖަރުމަނު ލީގުގެ ދެ ކްލަބެއްގެ ހުށަހެޅުން ލިބިފަ އެވެ. އެއީ، ރައުލް ކުރިން ކުުޅުނު ޝާލްކާގެ އިތުރުން ޔޫނިއަން ބާލިން އިންނެވެ. އެ ދެ ކްލަބުން އޭނާގެ ޑިމާންޑްތަކަށް ނުރުހޭތީ، އެ އޮފާތައް ދޫކޮށްލަން ރައުލް ނިންމި އެވެ.

ރެއާލްގެ ބީ ޓީމު ދޫކޮށްލައި، ރައުލް، ވަނީ ވިޔަރެއާލާ ހަވާލުވާން މަޝްވަރާކޮށްފަ އެވެ. އެކަމަކު، ފަހު ވަގުތު ކޮންޓްރެކްޓްގައި ވަކި މާއްދާތަކެއް ނުހިމަނަން، ވިޔަރެއާލުން ނިންމުމުން ރައުލް ވަނީ އެ އޮފާ އަށް ވެސް ފުރަގަސްދީފަ އެވެ.

ވަރަށް އަވަހަށް ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ލީގެއްގައި ކޯޗިން މަސައްކަތް ކުރާނެ ކަމަށް ރައުލް ވަނީ ވަރަށް ފަހު ބޭއްވި ކުޅިވަަރުގެ ފޯރަމް އެއްގައި ދިން ސުވާލެއްގެ ޖަވާބުގައި ބުނެފަ އެވެ.