Advertisement

އެއްވެސް ކެންޑިޑޭޓަކަށް ފަންޑު ނުކުރާނެ ކަމަށް މަސްކު ބުނެފި

7 މާރިޗު 2024 - 07:33 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބިލިނިއަރު އެލޮން މަސްކު -- ފޮޓޯ: ރޮއިޓާސް


އެއްވެސް ކެންޑިޑޭޓަކަށް ފަންޑު ނުކުރާނެ ކަމަށް މަސްކު ބުނެފި

7 މާރިޗު 2024 - 07:33 0

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ފަންޑު ނުކުރާނެ ކަމަށް ބިލިއަނަރު އެލޮން މަސްކު ބުނެފި އެވެ.

ރިޕަބްލިކަން ޕާޓީން އިންތިހާބުގައި ވާދަކުރައްވާ އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ހަފުތާ ބަންދުގައި، ޓެސްލާ ސީއީސޯ އަދި އެކްސްގެ ވެރިޔާ މަސްކު ބައްދަލު ކޮށްފައި ވާއިރު، އެކަމާ ގުޅިގެން މީޑިއާތަކުގައި އަޑު ފެތުރުނީ ޓްރަމްޕަށް މަސްކު ފަންޑުކުރާ ކަމަށެވެ.

ނަމަވެސް "އެކްސް" ގައި މަސްކު ބުނީ އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް އެއްވެސް ފައިސާއެއް ނުދޭނެ ކަމަށާއި، މިއީ ވަރަށް ސާފުކޮށް ބުނަން ބޭނުންވާ ވާހަކައެއް ކަމަށެވެ.

މަސްކު ވަނީ 2022 ގައި ބޭއްވި މިޑްޓާމް އިންތިހާބުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ދެކޮޅަށް ރިޕަބްލިކަން ކޮންގްރެސްއެއް ހޮވުމަށް އެމެރިކާގެ ރައްޔިތުން ކައިރިން އެދިފަ އެވެ.

މީގެ ކުރިން މަސްކު ވަނީ ބައިޑެން އުޅުއްވަނީ އެމެރިކާއިން ބޭރުން މީހުން އެ ގައުމަށް އެތެރެކޮށް، ރަށްވެހިކަން ދީގެން ޑިމޮކްރެޓްސްއަށް ވޯޓު ހޯދުމަށް ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.

އަންނަ ނޮވެމްބަރުގައި އޮންނަ އެމެރިކާގެ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ޓްރަމްޕް ވާދަކުރައްވާނެކަން މިހާރު ކަށަވަރުވެފައި ވާއިރު، އޭނާއާ ދެކޮޅަށް އިންތިހާބުގައި ނިކުންނަވާނީ ޑިމޮކްރެޓުންގެ ފަރާތުން މިހާރުގެ ރައީސް ޖޯ ބައިޑެން އެވެ.