Advertisement

އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާކުރަން ރާއްޖޭން ގޮވާލައިފި

6 މާރިޗު 2024 - 19:51 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އ.ދ އަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. އަލީ ނަސީރު މުހައްމަދު -- ފޮޓޯ: އ.ދ


އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާކުރަން ރާއްޖޭން ގޮވާލައިފި

6 މާރިޗު 2024 - 19:51 0

ފަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާ ކުރުމަށް އ.ދ ގެ އާންމު މަޖިލީހުގައި ދިވެހިރާއްޖޭން ގޮވާލައިފި އެވެ.

އިޒްރޭލުން ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުން އިޒްރޭލަށް ލާޒިމުކޮށް އ.ދ ގެ ސަލާމަތާ ބެހޭ މަޖިލީހަށް މިދިޔަ މަހު 20، ގައި ހުށަހެޅި ކުއްލި މައްސަލަ ވީޓޯކޮށް ބޭރު ކޮށްލުމާ ގުޅިގެން އެކަމާ ގުޅެގޮތުން އ.ދ ގެ އާންމު މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ރާއްޖޭގެ ފަރާތުން ވާހަކަދެއްކެވީ އ.ދ އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ. އަލީ ނަސީރު މުހައްމަދު އެވެ.

ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން ނަސީރު ވިދާޅުވީ އ.ދ ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ބޭނުން ކުރުމުގެ ސަބަބުން އިޒްރޭލުން ހިންގާ އަމަލުތައް ކުރިއަށް ގެންދިޔުމަށް އިތުރު ހިތްވަރެއް ލިބުނު ކަމަށެވެ. އެގޮތުން މިދިޔަ މަހު 29، ގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ހިފައިގެންދިޔަ އުޅަނދުތަކެއް ކައިރިއަށް ދިން ހަމަލާ އޭނާ ފާހަގަ ކުރެއްވި އެވެ.

އޭގެއިތުރުން އެދުވަހުގެ ހަމަލާގައި އެކަނިވެސް ފަލަސްތީނުގެ ސަތޭކައަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލައި ޒަހަމުކޮށްލާފައިވާ ކަމަށާއި ފަލަސްތީނުގެ ރައްޔިތުން ފެނާއި ކާބޯތަކެތީގެ އިތުރުން އަސާސީ ބޭނުންތަކުން ވެސް މަރުހޫމު ކުރުމަށްފަހު އިޒްރޭލުން އެމީހުން މަރަމުން ގެންދިޔުމަކީ މުޅި ދުނިޔެ ވެސް އެކަމާ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށް ނަސީރު ވިދާޅުވި އެވެ.

އޭނާގެ ވާހަކައިގައި ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ އަމަލުތަކަކީ ގަތުލުއާއްމެއްގެ ގޮތުގައި ސިފަކުރައްވައި އެކަން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އ.ދ ގެ ސަލާމަތީ މަޖިލީހަށް ގޮވައިލެއްވި އެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓުވައި ޖަވާބުދާރީ ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ނަސީރު ގޮވައިލެއްވި އެވެ.