Advertisement

އޮޑިޓު ރިޕޯޓުތައް އާންމުނުކޮށް އޮއްވާ އައިއޭސީއަށް އެޗްޑީސީއިން އެއް މިލިއަން ރުފިޔާ ދީފި

16 އޭޕްރީލް 2024 - 14:42 2

އަހުމަދު އާއިދު

އަހުމަދު އާއިދު

އައިއޭސީގެ އިސް އޮފިޝަލުން : އޮޑިޓު ރިޕޯޓުތައް އާއްމުނުކޮށް އޮއްވާ އައިއޭސީއަށް އެޗްޑީސީއިން އެއް މިލިާއަން ރުފިޔާ ދީފި - ފޮޓޯ: އަދަދު


އޮޑިޓު ރިޕޯޓުތައް އާންމުނުކޮށް އޮއްވާ އައިއޭސީއަށް އެޗްޑީސީއިން އެއް މިލިއަން ރުފިޔާ ދީފި

16 އޭޕްރީލް 2024 - 14:42 2

އެ ޖަމްއިއްޔާއަށް ލިބޭ ފައިސާ އާއި ހިނގާ ހަރަދުތަކުގެ ތަފުސީލު އާންމު ނުކުރާތީ ބައެއް މީހުންގެ ނުރުހުން އަމާޒުވެފައިވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން އިން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.

އައިއޭސީއިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެޗްޑީސީއިން އެއް މިލިއަން ރުފިޔާގެ އެހީ ދީފައިވަނީ ފަލަސްތީނުގެ ގާޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ދޭ އެހީގެ ގޮތުގައި ކަމަށެވެ. މި ފައިސާ ޖަމާކޮށްފައިވަނީ ގާޒާ އެމަޖެންސީ ރިލީފް ފަންޑަށް ކަމަށްވެސް ބުނެފައިވެ އެވެ.

މި ފަންޑަކީ އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު މިދިޔަ އޮކްޓޯބަރު މަހު ވަރުގަދަކޮށް ދެމުންދާ ހަމަލާތަކުގައި، ގާޒާގައި ހާލުގައި ޖެހިފައިވާ މިލިއަނަކަށްވުރެ ގިނަ މީހުންނަށް އެހީވުމަށް އައިއޭސީއިން ހުޅުވި ފަންޑެކެވެ. އެ ފަންޑަށް ހަ މަސް ވެފައިވާއިރު، އެތައް މިލިއަން ރުފިޔާ އެހީގެ ގޮތުގައި ވަނީ ލިބިފަ އެވެ.

ނަމަވެސް މި ފަންޑަށް ލިބޭ ފައިސާ އަދި ކުރާ ހަރަދުތަކުގެ ތަފުސީލެއް އައިއޭސީއިން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މީގެ ކުރިން ވެސް އައިއޭސީއަށް ސޯޝަލް މީޑިއާގައި ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އެ ފަހަރު އައިއޭސީގެ މީޑިއާ އެންޑް ޕީއާރު ޑިރެކްޓަރު އަޒްހާދު އަހުމަދު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ވިދާޅުވީ ވަރަށް އަވަހަށް އޮޑިޓު ރިޕޯޓުތަކާއި ފައިސާގެ އަދި ހަރަދުތަކުގެ ތަފުސީލުތައް ހާމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ވަރަށް ސާފުކޮށް ޕްރެޒެންޓޭޝަންތަކަކާ އެކީގައި [އައިއޭސީގެ މަސައްކަތް ހިނގާގޮތް ކިޔައިދިނުމަށް] އާންމުންނަށް ފޯރަމްތަކެއްވެސް ބާއްވަން،" އޭނާ ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑުމެން ހަމަ ޕަބްލިކް ކުރާނަން، ވަރަށް ޓްރާންސްޕޭރެންޓުކޮށް ޕަބްލިކް ކުރާނަން. ސީދާ މިވެނި ދުވަހެކޭ ދަންނަވަން ބޭނުމެއް ނޫން. ނަމަވެސް އެ މަސައްކަތްތައް މިދަނީ ކުރަމުން، މިވަގުތު ބޮޑު ފޯކަސްއެއް މި ކުރަނީ ގާޒާއަށް ދިމާވެފައި އޮތް ހާލަތައް، އަޅުގަނޑުމެން ޓީމު އެއްކޮށް މިއުޅެނީ އެކަމުގައި،" އަޒްހަދު މިދިޔަ އޮކްޓޯބަރު މަހު ވިދާޅުވި އެވެ.

ނަމަވެސް އޭގެ ފަހުން މިހާރު ހަ މަސް ވަނީ ވެފަ އެވެ. އައިއޭސީއިން އޭރު ހާމަކުރަން ބުނި ތަފުސީލުތައް ނުލިބޭތީ، "އަދަދު" އިން ވާނީ މިދިޔަ މަހު 12 ގައި އެ ޖަމްއިއްޔާއަށް ރަސްމީކޮށް އީމެއިލްއެއް ވެސް ފޮނުވާފަ އެވެ. ނަމަވެސް މިހާތަނަށް އެޔަށް އައިއޭސީއިން ޖަވާބެއް ދީފައެއް ނުވެ އެވެ.