Advertisement

ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ކުރިން ގަރާޖުތައް ޗެކް ކުރަނީ

5 މާރިޗު 2024 - 19:59 1

ޕާކިން ޒޯނެއްގައި ކާރުތަކެއް ޕާކުކޮށްފައި: މާލެ ސަރަހައްދަށް ކާރު ރަޖިސްޓްރީކޮށްދެނީ ބާއްވާނެ ގަރާޖެއް ހުރި ނަމަ -- ފޮޓޯ: އަދަދު ފައިލް


ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ކުރިން ގަރާޖުތައް ޗެކް ކުރަނީ

5 މާރިޗު 2024 - 19:59 1

ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރަން ވަގު ގަރާޖު ސިޓީ ހުށަހަޅާ މައްސަލަ ބޮޑުވެ، އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ކުރިން ގަރާޖު ޗެކް ކުރަން ސަރުކާރުން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ގަރާޖުތައް ޗެކް ކުރުމުގެ މަސައްކަތް ފަށަން ނިންމީ، ގަރާޖުގެ ވެރި ފަރާތަށް ނޭނގި އެ ގަރާޖުގެ ދަށުން އުޅަނދުތައް ރަޖިސްޓްރީ ކުރަމުންދާތީ ކަމަށެވެ.

"ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒު ނުކުރާކަމުގެ ސިޓީގެ ސައްހަކަން ކަށަވަރު ކުރުމުގެ އިތުރުން އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ގަރާޖަކީ އުޅަނދު ބޭއްވޭ ގޮތަށް ހުރިތަނެއްތޯ ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަން އާންމުކޮށް އަންގާ އިޢުލާނު ކުރިން،" އެ އިއުލާނުގައި ބުނެފައިވެ އެވެ.

މާލެ ސަރަހައްދުގައި ގާތްގަނޑަކަށް 80،000 ވެހިކަލް ރަޖިސްޓްރީކޮށްގެން ދުއްވަ އެވެ. އޭގެ ތެރެއިން 4500 އުޅަނދަކީ ކާރެވެ. ޕިކަޕާއި އެހެނިހެން ހަތަރު ފުރޮޅުލީ އުޅަނދުގެ އަދަދު އުޅެނީ 1000 އަށް ވުރެ މަތީގަ އެވެ.