Advertisement

ތިން އަތޮޅަކަށް ރައީސް ފުރާވަޑައިގަނެފި

5 މާރިޗު 2024 - 14:03 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ


ތިން އަތޮޅަކަށް ރައީސް ފުރާވަޑައިގަނެފި

5 މާރިޗު 2024 - 14:03 0

ފ، މ އަދި ދ އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި މި ތިން އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، ތިން އަތޮޅުގެ ކައުންސިލްތަކާއި، ރަށު ކައުންސިލްތައް އަދި އަންހެނުންގެ ތަރައްގީީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއް ބޯމަތިވެފައި އޮތް ދަނޑިވަޅެއްގައި ރައީސް ގެންދަވަނީ ރަސްމީ ގިނަ ދަތުރުފުޅުތަކެއް ކުރައްވަމުންނެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި އޮތް ހުރިހާ އަތޮޅަކަށް އެމަނިކުފާނު ވަޑައިގެންނެވިއިރު އެންމެފަހުން ދަތުރުކުރެއްވީ ބ. އަތޮޅާއި ރ. އަތޮޅުގެ ރަށްތަކަށެވެ.

ނ. އަތޮޅަށް އެމަނިކުފާނު ވަޑައިގެންނެވިއިރު ރަސްމީ ދަތުރެއްގެ ނަމުގައި ކެމްޕޭން ހަރަކާތްތައް ހިންގެވި ކަމަށް އެ އަތޮޅު ކެނދިކުޅުދޫ ކައުންސިލުން ބުނެފައިވެ އެވެ. އޭގެ އިތުރުން ވެލިދޫ ކައުންސިލުން އެމަނިކުފާނާ ބައްދަލުކުރަން އެ އަތޮޅު ހޮޅުދޫއަށް ނުދިޔުމުން އެކަމުގައި އެ ކައުންސިލާ ސުވާލުކޮށްފައިވެ އެވެ.

މިހާތަނަށް ޖުމްލަ 121 ރަށު ކައުންސިލަކާ ރައީސް މުއިއްޒު ބައްދަލުކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ވެރިކަމުގެ ދައުރު ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރުމަކީ ރައީސް މުއިއްޒުގެ އަމާޒެކެވެ.