Advertisement

ޕާކިސްތާނުގެ އާ ބޮޑުވަޒީރުގެ މަގާމަށް ޝެހްބާޒް ޝަރީފް އިންތިހާބުކޮށްފި

5 މާރިޗު 2024 - 11:33 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕާކިސްތާނުގެ އާ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް -- ފޮޓޯ: އޭޕީ


ޕާކިސްތާނުގެ އާ ބޮޑުވަޒީރުގެ މަގާމަށް ޝެހްބާޒް ޝަރީފް އިންތިހާބުކޮށްފި

5 މާރިޗު 2024 - 11:33 1

ޕާކިސްތާނުގެ އާ ބޮޑުވަޒީރުގެ މަގާމަށް ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ބޭބެ ޝެހްބާޒް ޝަރީފް އިންތިހާބުކޮށްފި އެވެ.

އާދީއްތަ ދުވަހު ބޭއްވި ޕާކިސްތާނުގެ އާ ނެޝަނަލް އެސެމްބްލީގައި ބޮޑުވަޒީރަކަށް ޝެހެބާޒް ހޮވުމަށް 201 ވޯޓު ލިބިފައިވާއިރު، އޭނާއާ ދެކޮޅަށް 92 ވޯޓު ވަނީ ދީފަ އެވެ.

އުމުރުން 72 އަހަރުގެ ޝެހްބާޒްއަށް ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަގާމު ލިބުނީ ޕާކިސްތާނުގެ އާންމު އިންތިހާބުގައި އެންމެ ގިނައިން ގޮނޑި ކާމިޔާބުކުރި ޕީއެމްއެލްއެން އާއި ޕީޕީޕީއިން ކޯލިޝަން ހެދުމުންނެވެ.

ޕާކިސްތާނުގެ އާންމު އިންތިހާބު ބޭއްވީ ފެބްރުއަރީ 8، ގަ އެވެ. ނަމަވެސް ސަރުކާރެއް އުފެއްދުން ލަސްވީ އެއްވެސް ޕާޓީއަކަށް ބޭނުންވާ މެޖޯރިޓީއެއް ނުލިބުމުންނެވެ.

ޕާކިސްތާނު އިންތިހާބުގެ ނަތީޖާ ހަފްތާއެއްހާ ދުވަސް ފަހުން އިއުލާންކޮށް ނިމުނުއިރު، އިންތިހާބުގެ ސައްހަ ކަމާމެދު ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުކަން މީގެ ކުރިން ވެސް ކުރެއްވި ޝެހްބާޒް ވަނީ އެ ގައުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ހަމަޖެހުން ގެނެސް، ގައުމު ބަދަލުކޮށްލާނެ ކަމަށް ވިދާޅުވެފަ އެވެ.