4 މާރިޗު 2024 - 15:41 0
މުހައްމަދު އުޝާމް
ޗައިނާގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު، ޑިފެންސް މިނިސްޓަރު ގައްސާނާ ބައްދަލު ކުރައްވަނީ: ދެ ގައުމުގެ ދެމެދު ދިފާއީ ގުޅުން އިތުރަށް ބަދަހިކުރަން ވާހަކަ ދެއްކި - ފޮޓޯ: ޑިފެންސް މިނިސްޓްރީ
4 މާރިޗު 2024 - 15:41 0
ރާއްޖެއާއި ޗައިނާއާ ދެމެދު އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު ޗައިނާގެ އަސްކަރިއްޔާއާއި ރާއްޖޭގެ ޑިފެންސް މިނިސްޓްރީ މަޝްވަރާކޮށްފި އެވެ.
ޗައިނާގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަން އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު އަޖޯންގު ބައުކުއާން ވަނީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންގެ އަރިހަށް ޒިޔާރަތް ކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގެ ފޮޓޯތަކާއެކު، ސޯޝަލް މީޑިއާ "އެކްސް" މެދުވެރިކޮށް ޑިފެންސް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ ގައްސާންގެ އަރިހަށް ޑެޕިއުޓީ ޑިރެކްޓަރު ވަޑައިގަތީ އަސްކަރީ އަދި ޑިފެންސްގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރުމުގެ ބޭނުގައި ކަމަށެވެ.
މިހާރު ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމަކީ އަބަދުވެސް ޗައިނާއާ ގާތް ގުޅުމެއް ބާއްވާ ސިޔާސީ ޕާޓީތަކުގެ އިއްތިހާދެކެވެ.
ދިވެހި އަސްކަރިއްޔާގެ އިސް ބޭފުޅުންނާއި ޗައިނާ އަސްކަރިއްޔާއިން ވަޑައިގަތް ވަފުދާ ބައްދަލުކުރައްވަނީ - ފޮޓޯ: ޑިފެންސް މިނިސްޓްރީ
މީގެ ކުރިން ޕީޕީއެމް އިސްވެ އޮތް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް ޗައިނާއާ އެކު ގާތް ގުޅުމެއް އެމަނިކުފާނު ބޭއްވެވި އެވެ. މާލެ-ހުޅުމާލެ ދެމެދު އެޅި ސިނަމާލެ ބްރިޖާއި، ހުޅުމާލެ ފޭސް ދޭއްގެ މަޝްރޫއާއި އެ ސަރަހައްދުގައި އެޅި ފްލެޓްތަކާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފަދަ ބޮޑެތި މަޝްރޫއުތައް އެ ވެރިކަމުގައި ހިންގީ ޗައިނާގެ އެހީގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ވެސް ޗައިނާއާ ގާތްވެ، އެ ގައުމާ ވާދަވެރި އިންޑިއާާއާ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވެ އެވެ. އިންޑިއާ އަސްކަރިއްޔާއިން ހަދިޔާކުރި ވައިގެ އުޅަނދުތައް ދުއްވަން ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. މެއި 10، ގެ ކުރިން ސިފައިން ދިޔުމަށް އެއްބަސްވިއިރު އޭގެ ބަދަލުގައި އިންޑިއާގެ މަދަނީ ހިދުމަތްތެރީންތަކެއް ވަނީ ގެނެސްފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment