Advertisement

ޗައިނާ އެފްޓީއޭގެ ސަބަބުން ރާއްޖެއަށް ފައިދާއެއް ނުވާނެ: ނަޝީދު

18 މާރިޗު 2025 - 07:10 0

އަހުމަދު އާއިދު

އ

Advertisement

ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވިއިރު ރައީސް ނަޝީދު އާއެކު : ނަޝީދު ވިދާޅުވީ ޗައިނާ އެފްޓީއޭގެ ސަބަބުން ރާއްޖެއަށް ފައިދާއެއް ނުވާނެ ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ޗައިނާ އެފްޓީއޭގެ ސަބަބުން ރާއްޖެއަށް ފައިދާއެއް ނުވާނެ: ނަޝީދު

18 މާރިޗު 2025 - 07:10 0

Advertisement

Advertisement

މި ޖެނުއަރީ މަހު އަމަލު ކުރަން ފެށި ރާއްޖެ-ޗައިނާ ފްރީ ޓްރޭޑް އެގްރިމެންޓު (އެފްޓީއޭ) ގެ ސަބަބުން ރާއްޖެ އާއި އަވައްޓެރި ގައުމުތަކަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރެއްގެ ތެރެއިން އެ ގައުމުގެ މީޑިއާއަކާ ވާހަކަ ދައްކަވަމުން ނަޝީދު ވަނީ އެފްޓީއޭ އާ ގުޅޭގޮތުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

Advertisement

"މިއީ ދެރަކަމެއް. މި ފްރީ ޓްރޭޑް އެގްރީމެންޓުގެ ސަބަބުން ރާއްޖެ އާއި އަވައްޓެރި ގައުމުތަކަށް، ހާއްސަކޮށް އިންޑިއާއަށް، ކުރާނެ އެއްވެސް ފައިދާއެއް ނެތް. ރާއްޖެއާ ޗައިނާއާ ދެމެދު ވިޔަފާރިކުރާ ނިސްބަތަށް ބަލާ ނަމަ އެ ގައުމާއެކު ފްރީ ޓްރޭޑް އެގްރީމެންޓެއް އޮވެގެން އެއްވެސް ފައިދާއެއް ނުކުރާނެ،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިންގެ ތެރެއިން އިންޑިއާއާއެކު އެންމެ ގާތް ގުޅުމެއް ބޭއްވި އަދި އެ ގުޅުން މިހާރު ވެސް ބާއްވަމުން ގެންދަވާ ނަޝީދު އިތުރަށް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން އިންޑިއާ ސަރުކާރުން އިންތިހާއަށް ކަންބޮޑުވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަމާ ގުޅޭގޮތުން އިންޑިއާގެ ސަރުކާރުން ރާއްޖޭގެ ސަރުކާރާއެކު މަޝްވަރާތައް ކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

Advertisement

ރާއްޖެ-ޗައިނާ އެފްޓީއޭއާމެދު އިންޑިއާ ކަންބޮޑުވާ ކަމަށް ބުނެފި

"އެ އެގްރިމެންޓުގެ ސަބަބުން ރާއްޖެއަށް އާމްދަނީއެއް މަދުވާނެ. އެއީ [އަހަރުމެންގެ] ކަންބޮޑުވުމެއް. އަދި އޭގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ދުރު ރާސްތާގައި ނުރަނގު އަސަރުތަކެއް ކުރާނެ. އަހަރުމެންގެ ސިޔާސަތުތައް ބައްޓަން ކުރާއިރު، އެކަމަށް ވިސްނަންޖެހޭނެ."

ރާއްޖެ-ޗައިނާ އެފްޓީއޭއާމެދު އިންޑިއާ ކަންބޮޑުވާ ކަމަށް ބުނެފި

"އެ އެގްރިމެންޓުގެ ސަބަބުން ރާއްޖެއަށް އާމްދަނީއެއް މަދުވާނެ. އެއީ [އަހަރުމެންގެ] ކަންބޮޑުވުމެއް. އަދި އޭގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ދުރު ރާސްތާގައި ނުރަނގު އަސަރުތަކެއް ކުރާނެ. އަހަރުމެންގެ ސިޔާސަތުތައް ބައްޓަން ކުރާއިރު، އެކަމަށް ވިސްނަންޖެހޭނެ."

އެމަނިކުފާނު މިހެން ވިދާޅުވިއިރު، ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވެސް މިހާރު ހުންނެވީ އިންޑިއާގަ އެވެ. ހަލީލު އަދި ނަޝީދު ވަނީ މި ދަތުރުގެ ތެރެއިން ބައްދަލުކުރައްވައިފަ އެވެ.

ހަލީލުގެ ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު އާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވާނެ އެވެ. ނަމަވެސް މަޝްވަރާތަކުގައި އެފްޓީއޭ އާ ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމެއް ނޭނގެ އެވެ.

އެފްޓީއޭ އާމެދު ކަންބޮޑުވުން ފާޅުކޮށް، ސިޔާސަތުތައް ބައްޓަން ކުރާއިރު އެކަމަށް ވިސްނާނެ ކަމަށް ބުނެ އިންޑިއާގެ ސަރުކާރުން ވެސް ވަނީ ރަސްމީކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"އެ އެގްރިމެންޓުގެ ސަބަބުން ރާއްޖެއަށް އާމްދަނީއެއް މަދުވާނެ. އެއީ [އަހަރުމެންގެ] ކަންބޮޑުވުމެއް. އަދި އޭގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ދުރު ރާސްތާގައި ނުރަނގު އަސަރުތަކެއް ކުރާނެ. އަހަރުމެންގެ ސިޔާސަތުތައް ބައްޓަން ކުރާއިރު، އެކަމަށް ވިސްނަންޖެހޭނެ،" ޖައިސްވާލު ވިދާޅުވި އެވެ.

އިންޑިއާ އާއެކު ގާތް ގުޅުމެއް ނެތި ރާއްޖެ ކުރިއަރާ ނުދާނެ: ނަޝީދު

ނަޝީދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރެއްގެ ތެރެއިން އެ ގައުމުގެ ނޫހަކާ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަންވެސް ބަރޯސާވަނީ އިންޑިއާއަށް ކަމަށް.

އިންޑިއާ އާއެކު ގާތް ގުޅުމެއް ނެތި ރާއްޖެ ކުރިއަރާ ނުދާނެ: ނަޝީދު

ނަޝީދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރެއްގެ ތެރެއިން އެ ގައުމުގެ ނޫހަކާ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަންވެސް ބަރޯސާވަނީ އިންޑިއާއަށް ކަމަށް.

ޗައިނާ އެފްޓީއޭގެ ސަބަބުން ދިވެހި ސަރުކާރަށް އަހަރަކު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު ގެއްލޭނެ ކަމަށް އިންޑިއާއިން ލަފާ ކުރެ އެވެ. އަދި ތުރުކީއާއެކު ހެދި އެފްޓީއޭގެ ސަބަބުން ވެސް ގާތްގަނޑަކަށް އެވަރު ގެއްލޭނެ ކަމަށް އިންޑިއާއިން ދެކެ އެވެ.

އެ ހިސާބުތަކާ އެއްގޮތަށް މި އަހަރު ފެށުނީއްސުރެ އިމްޕޯޓު ޑިއުޓީން ލިބޭ އާމްދަނީ ވަނީ ދަށަށް ގޮސްފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ހާމަކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 6، އާ ހަމައަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނީ 436 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 164 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ވަނީ ދިވެހި ދައުލަތަށް އިމްޕޯޓު ޑިއުޓީން ލިބޭ އާމްދަނީން މަދުވާނީ ކިހައި މިންވަރެއްކަން ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ.