Advertisement

ހުލާސާކޮށް އިއްޔެ: އިންޑިއާ ޖާސޫސީ އުޅަނދެއް ރާއްޖެ މަތީގައި

16 މާރިޗު 2025 - 03:05 0

Advertisement

ރާއްޖެ މަތިން ދުއްވި އިންޑިއާގެ އަސްކަރީ އުޅަނދުގެ މަރުކާގެ ބޯޓެއް: މިކަމާ ގުޅޭ ގޮތުން ދިވެހި އަސްކަރިއްޔާއިން މިހާތަނަށް އެއްވެސް ބަހެއް ނުބުނޭ

ހުލާސާކޮށް އިއްޔެ: އިންޑިއާ ޖާސޫސީ އުޅަނދެއް ރާއްޖެ މަތީގައި

16 މާރިޗު 2025 - 03:05 0

Advertisement

Advertisement

އަވަށްޓެރި އިންޑިއާއިން ޖާސޫސްކުރުމަށް ބޭނުންކުރާ ވައިގެ އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް ވަދެ، ރާއްޖެ މަތިން ދުއްވައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މިއަދު ރާއްޖޭގެ ސަރަހައްދު މަތިން ދުއްވާފައިވަނީ އިންޑިއާގެ އަސްކަރިއްޔާގެ P-81 Neptune މަރުކާގެ އުޅަނދެކެވެ. މި އުޅަނދުގެ ރަޖިސްޓްރޭޝަން ނަމްބަރަކީ IN329 އެވެ.

Advertisement

ވައިގެ އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުންނާއި އެހެން މަސްދަރުތަކުން މި ނޫހުގެ ޓީމުން ހޯދި މައުލޫމާތު ތަކުން އެނގޭ ގޮތުގައި މި އުޅަނދު ރާއްޖެ މަތިން ދަތުރުކުރީ އިއްޔެ އެވެ. އެ ބޯޓު އިންޑިއާގެ އަސްކަރީ މަރުކަޒުން ނައްޓާލީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ.

މެންދުރު 12:00 ގައި އެ ބޯޓު އޮތީ އިންޑިއާގެ ގޯއާ ކައިރީގަ އެވެ. އެ ހިސާބުން ފެށިގެން ބޯޓު ދަތުރުކުރީ ރާއްޖެއާ ދިމާލަށެވެ. ރާއްޖޭގެ އީއީޒެޑުގެ ތެރޭގައި އަތޮޅުތަކުގެ އިރުން ދަތުރުކުރުމަށްފަހު ހަވީރު 4:00 ހާއިރު އެ ބޯޓު ވަނީ މާލެއާ ވަރަށް ކައިރިން ދަތުރުކޮށްފަ އެވެ.

އޭރު ބޯޓު އޮތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ 40 ވަރަކަށް ކިލޯމީޓަރު ދުރުގަ އެވެ. ބޯޓު ދަތުރުކުރަމުންދިޔައީ 21،500 ފޫޓު މަތިންނެވެ. އެ ބޯޓު މާލެ ކައިރިއަށް އައީ ވ. އަތޮޅު މަތިން ދުއްވުމަށް ފަހުގަ އެވެ. އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ މަތިން ވެސް ބޯޓު ދުއްވި އެވެ.

Advertisement

މާލެ ކައިރިއަށް އައުމަށްފަހު އެ ބޯޓު ވަނީ އުތުރަށް ދުއްވާ ހއ. އަތޮޅު ބޭރުން ރާއްޖެ ވަށާލާ ރާއްޖޭގެ ހުޅަނގުން ވެސް ދަތުރުކޮށްފަ އެވެ. ޓްރެކް ކުރާ ސައިޓުތަކަށް މި ބޯޓު ގެއްލުނީ ރޭ އިރުއޮއްސުނު ފަހުން ރާއްޖޭގެ ހުޅަނގުން ދަތުރުކުރަމުން ދަނިކޮށެވެ.

އިންޑިއާ އަސްކަރިއްޔާގެ މި އުޅަނދަކީ ސަބްމެރިންތަކާ ދެކޮޅަށް ބޭނުންކުރުމަށާއި، ސާވޭލެންސް އަދި ޖާސޫސް ކުރުމަށް ބޮއިން އިން އިންޑިއާގެ އަސްކަރިއްޔާއަށް ހާއްސަކޮށް ޑިޒައިން ކޮށްފައިވާ އުޅަނދެކެވެ. ސަބްމެރިން އަދި ކަނޑު އުޅަނދުތަކާ ދެކޮޅަށް ބޮމުގެ ހަމަލާ ދިނުމާއި ބޮން އުފުލުމުގެ ގާބިލުކަން ވެސް މި އުޅަނދަށް ލިބިގެންވެ އެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ ބަހެއް ހޯދުމަށް އެމްއެންޑީއެފް އަށް ގުޅުމުން ބުނީ ޑިފެންސަށް ގުޅުމަށެވެ. ޑިފެންސްގެ މީޑިއާ ޓީމުން ފޯނަށް ޖަވާބެއް ނުދެ އެވެ. އިންޑިއާގެ އޮފިޝަލުން ވެސް މިކަމާ ގުޅިގެން ރަސްމީ ބަހެއް ނުބުނެ އެވެ.

މުހިއްމު ބައެއް ހަބަރު

ފިޔާޒުއަށް ރައީސުލްޖުމްހޫރިއްޔާ ބިރުދެއްކި މައްސަލަ ފުލުހަށް

ފިޔާޒުއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ބިރު ދެއްކެވީ ރޭ އިރާކޮޅު 7:04 ގަ އެވެ. ފިޔާޒުއަށް ގުޅުއްވައި ރައީސް އިންޒާރު ދެއްވީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު ރައީސްގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން ދެއްކި ވާހަކައާ ގުޅިގެން ކޯފާ އިސްކުރައްވަ އެވެ.

އެފްއޭއެމްގެ ދަރަނިތަކާ ގުޅޭގޮތުން ކުންފުނިތަކާ މަޝްވަރާކުރަނީ

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދައްކަން ޖެހޭ ފައިސާގެ ކަންކަން ހައްލުކުރުމަށް ޕްލޭންތަކެއް ހެދުމުގެ މަޝްވަރާތަކެއް ކުރިއަށްގެންދަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ ވިދާޅުވެފައި.

އަދަދަށް ދޭ އިންޒާރާ ގުޅިގެން ފިޔަވަޅު ނާޅާތީ ކަންބޮޑުވުން

"އަދަދު ނޫހުގެ އެކި ނޫސްވެރިންނަށް އެކި ފަހަރު މަތިން ލިބިފައިވާ އިންޒާރުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ހުރިއިރު، އެ ކަންކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތުމަކީ ވެސް މި ޖަމިއްޔާއިން ކަންބޮޑުވާ ކަމެކެވެ،" އެމްޖޭއޭއިން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުންޏެވެ.

ފިޔާޒުއަށް ރައީސް އިންޒާރުދެއްވުން އެމްޖޭއޭއިން ކުށްވެރިކޮށްފި

އެމްޖޭއޭއިން ބުނީ ރައީސް ދެއްވި އިންޒާރުގެ ސަބަބުން ފިޔާޒު އާއި މި ނޫހުގެ ނޫސްވެރިން ވެސް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، ނޫސްވެެރިންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާ ކަމަށެވެ.

އެމްޑީޕީގެ މުޒާހަރާތަކާ ގުޅިގެން ޝިއުނާ އާއި މަންދީ ވެސް ފުލުހަށް

އެ ދެ މީހުން ވެސް ފުލުހަށް ހާޒިރު ކުރަނީ މާޗު 10 ވަނަ ދުވަހުގެ ރޭ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާ ކުރުމުގެ އިތުރުން އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް އަމަލު ކުރުމާއި ފުލުހުންގެ ވާޖިބު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި.

ކުޑަގިރި ފަޅަށް އެއާ މޯލްޑިވްސްގެ ދެ މަތިންދާ ބޯޓު ފައްތައިފި

އަޒްމިރާލްދާގެ ދެވަނަ މައްސަލައިގެ އަޑުއެހުން ވެސް ސިއްރުކޮށްފި

އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިފި ނަމަ އާންމު މަސްލަހަތަށް ގެއްލުން ވެދާނެ ކަމަށް ބުނެ އަޑުއެހުންތައް ސިއްރު ކުރަން ނިންމީ ޖޭއެސްސީގެ އިނެވެސްޓިގޭޓިވް ކޮމިޓީން ކަމަށް އަޒްމިރަލްދާގެ ގާނޫނީ ވަކީލު، އިބްރާހިމް ޝަމީލް ވިދާޅުވި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު ކުރިމަތިލައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރު، ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ ސަރުކާރުން އެ ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށް, އެކަމާ އިހުތިޖާޖުކުރެއްވުމުގެ ގޮތުންނެވެ.

ދަރިފުޅު ދުވަހަކު ވެސް ވޭޕެއް ނުކުރޭ: ސާޖިދާ

މިކަމާ ގުޅިގެން ރައީސްގެ އާއިލާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެ އާއިލާގެ ގާނޫނީ ވަކީލު، އާޒިމާ ޝަކޫރު ވިދާޅުވީ ރައީސްގެ ބޭފުޅުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކަކީ ޖިނާއީ ދައުވާ އުފުލޭ ވަރުގެ ވާހަކަތަކެއް ކަމަށް.

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ފިފްޝީން ވަކިކޮށްފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އޭނާ މަގާމުން ވަކިކުރީ, އޭނާ އެ މަގާމަށް ހަަމަޖެއްސިތާ އަހަރަކާ ދެ މަސް ދުވަސް ފަހުން. އޭނާ މަގާމުން ވަކިކުރި ސަބަބެއް އަދި ނޭނގޭ.

ފައްޔާޒް އާއި މަންދީގެ އިތުރުން އެމްޑީޕީ ގޮވައިގެން ސާޖިދާ ކޯޓަށް

"މަދަނީ މައްސަލަތަކުގެ މަދަނީ ބައިތައް ކުރިއަށް ގެންދަން އަޅުގަނޑުމެން ނިންމާފައި އޮންނާނީ އަދި މިހައި ހިސާބަށް މަދަނީ ގޮތުން އަޅާނެ ބައެއް ފިޔަވަޅުތައް ވެސް ނިންމާފައި ހުންނާނެ ވާހަކަ ދަންނަވަން،" އާޒިމާ ވިދާޅުވި އެވެ.

ރައީސްގެ އާއިލާގެ ފަރާތުން މީޑިއާތަކާ ބައްދަލުކުރަނީ

އިމާދުއަށް އެމްއެމްއޭގެ ސިސްޓަމްތަކަށް ނުވަދެވޭ ގޮތް ހަދައިފި

އެމްއެމްއޭގެ ސިސްޓަމްތަކުގެ އެކްސެސް ކަނޑާލައި އެ ބޭންކުގެ އެއްވެސް މައުލޫމާތެއް އޭނާއަށް ނުލިބޭ ގޮތް ހެދީ ފައިސާ ޗާޕު ކުރުމާ އޭނާ ދެކޮޅު ހަދައި، އެމްއެމްއޭއަށް ހުޅުމާލެއިން ބިން ގަންނަން އެ އޮތޯރިޓީން ނިންމި ނިންމުން ރިވިއު ކުރަން ހުށަހަޅާފައި ވަނިކޮށް