about 14 hours 0
އަހުމަދު އާއިދު
about 14 hours 0
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި އެ ގައުމުގެ އަސްކަރީ އުޅަނދުތައް ދުއްވަން ގެނައި އަސްކަރީ ކުންފުނީގެ މުވައްޒަފުން ނުވަތަ މަދަނީން ރާއްޖޭގައި ބޭތިއްބުމަށް ހަދާފައިވާ އެގްރިމެންޓު ހަމަވިއިރު ވެސް އެމީހުން ރާއްޖެއިން ފޮނުވައެއްލުނި އެވެ.
މުއްދަތު ހަމަވެފައި ވަނީ ރާއްޖޭގައި އިންޑިއާއިން ދުއްވާ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރުގެ ތެރެއިން ދެ ހެލިކޮޕްޓަރުގެ އެއްބަސްވުމުގަ އެވެ.
ލ. ކައްދޫ އަދި އައްޑޫ ސިޓީގައި މަރުކަޒުވެގެން ތިބި މި މީހުން ރާއްޖޭގައި ތިބޭނެ ކަމަށް ސަރުކާރުން ބުނީ ފެބްރުއަރީގެ ނިޔަލަށެވެ. އެއީ ސ. ގަމުގައި ތިބި 26 މީހުން، އަދި ލ. ކައްދޫގައި 25 މީހުންނެވެ.
މެއި 11، 2024 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން އިއުލާނުކުރެއްވީ އޭރު ފޮރިން މިނިސްޓަރަކަށް ހުންނެވި މިހާރުގެ ފިނޭންސް މިނިސްޓަރު ޒަމީރު އެވެ.
"ލ. ކައްދޫގަ ތިއްބެވި ބޭފުޅުންގެ މުއްދަތު ހަމަވާނީ 2025 ގެ ފެބްއުރުއަރީ އަށް. އަދި ސ. ގަމުގަ ތިއްބެވި ބޭފުޅުންވެސް 2025 ގެ ފެބްރުއަރީއަށް. ދެން ހަނިމާދޫގައި ތިއްބެވި ސިވިލިއަނުންގެ މުއްދަތު ހަމަވާނީ 2026 ގެ ފެބްރުއަރީއަށް،" ޒަމީރު އެ ދުވަހު ވިދާޅުވި އެވެ.
ޑޯނިއާގެ ދަތުރެއްގެ މައުލޫމާތު ސަރުކާރަށް ނޭނގޭ ކަމަށް ބުނެފި
މި ދަތުރުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އަދި ޑިފެން މިނިސްޓްރީގެ މީޑިއާ އޮފިޝަލުންވެސް މި ނޫހުން ގުޅުމުން ބުނެފައިވޭ. ޑޯނިއާ އަދިވެސް އޮތީ ށ. އަތޮޅާ ދިމާ އިރުން ވައިގެ ތެރޭގަ،
ޑޯނިއާގެ ދަތުރެއްގެ މައުލޫމާތު ސަރުކާރަށް ނޭނގޭ ކަމަށް ބުނެފި
މި ދަތުރުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އަދި ޑިފެން މިނިސްޓްރީގެ މީޑިއާ އޮފިޝަލުންވެސް މި ނޫހުން ގުޅުމުން ބުނެފައިވޭ. ޑޯނިއާ އަދިވެސް އޮތީ ށ. އަތޮޅާ ދިމާ އިރުން ވައިގެ ތެރޭގަ،
އެ މުއްދަތުގެ ފަހަނައަޅައި ގޮސް ދެ ހަފުތާ ވޭތުވެފައިވާއިރު އިންޑިއާގެ މަދަނީން އަދިވެސް މި ދެ ރަށުގައި އެބަތިއްބެވެ. އެ ގައުމުގެ އަސްކަރީ ދެ ހެލިކޮޕްޓަރު ވެސް ގަމާއި ކައްދޫގައި އެބައޮތެވެ. އެ ދެ ރަށުން މި ނޫހަށް މައުލޫމާތު ދިން ތަފާތު އެކި މަސްދަރުތަކުން މިކަން ކަށަވަރުކޮށްދީފައިވެ އެވެ.
މިކަމާ ގުޅިގެން ސިފައިންގެއިން އަދި ދިފާއީ ވުޒާރާއިން ބަހެއް ހޯދުމަށް މި ނޫހުން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެ އެވެ. އެމްއެންޑީއެފް އަދި ޑިފެންސްގެ މީޑިއާ އޮފިޝަލުން ވެސް އިތުރަށް ބަލަންޖެހޭ ކަމަށް ބުނެ އެއްވެސް ޖަވާބެއް ފޯރުކޮށްދީފައެއް ނުވެ އެވެ.
ކުރިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާއިރު، ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ރާއްޖޭގައި އޮޕަރޭޓު ކުރަން ހަދާފައިވާ އެއްބަސްވުންތަކުގެ މުއްދަތު އިތުރު ކުރަން ދެ ގައުމުގެ ސަރުކާރުން މި ފަހުން ވަނީ މަޝްވަރާކޮށްފަ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެއްބަސްވުންތަކުގެ މުއްދަތު އިތުރު ކުރަން މަޝްވަރާ ކުރީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ޖެނުއަރީ ކުރީކޮޅު އެ ގައުމަށް ވަޑައިގެން ގައުމުގެ ޑިފެންސް މިނިސްޓަރު ރަޖުނަތު ސިންހާއާއެކު ބޭއްވި ރަސްމީ ބައްދަލުވުމުގަ އެވެ.
އިންޑިއާގެ މަދަނީން އަމަލުކުރަނީ ކުރިން ތިބި ސިފައިން ވެސް އަމަލުކުރި އެއްބަސްވުމަށެވެ. މި އެއްބަސްވުންތަކުގެ މުއްދަތު އިތުރުކޮށް އައު އެއްބަސްވުމެއްގައި ސޮއިކުރިކަން ދިވެހި އަދި އިންޑިއާގެ ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. ދެ ގައުމުގެ އޮފިޝަލުންނާ މި ނޫހުން ކުރި ސުވާލުތަކަށް ސާފު ޖަވާބެއް ލިބިފައެއް ނުވެ އެވެ.
ބޭނުން އޮތް މިންވަރަކުން އިންޑިއާގެ އަސްކަރީ އުޅަނދުތަކާއި އެ ތަކެތި އޮޕަރޭޓުކުރާ މަދަނީން ރާއްޖޭގައި ތިބޭ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮތް ކަމަށް، ސިފައިން ފޮނުވާލިކަން އިއުލާނުކުރި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރުވެސް ވިދާޅުވި އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment