Advertisement

އެލްޖީއޭއިން އެންގިޔަސް ކެނދިކުޅުދޫ ކައުންސިލުން ބަޔާން ބާތިލު ނުކުރަން ނިންމައިފި

4 މާރިޗު 2024 - 13:42 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު ކެނދިކުޅުދޫ ކައުންސިލާ ބޭއްވި ބައްދަލުވުމުގެ ތެރެއިން: އެލްޖީއޭއިން އެ ސިޓީ ބާތިލުކުރަން އެންގީ ކައުންސިލަށް ނުލިބޭ ބާރެއް ކަމަށް ބުނެ-- ފޮޓޯ: ރައީސް އޮފީސް


އެލްޖީއޭއިން އެންގިޔަސް ކެނދިކުޅުދޫ ކައުންސިލުން ބަޔާން ބާތިލު ނުކުރަން ނިންމައިފި

4 މާރިޗު 2024 - 13:42 0

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބާތިލު ކުރަން ކެނދިކުޅުދޫ ކައުންސިލަށް އެންގި ބަޔާން ބާތިލު ނުކުރަން އެ ކަައުންސިލުން މިއަދު ނިންމައިފި އެވެ.

ނ. ކެނދިކުޅުދޫއަށް މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭން ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް އެ ރަށު ކައުންސިލުން ނެރުނު ނޫސްބަޔާން ބާތިލު ކުރުމަށް އެލްޖީއޭއިން އެންގީ އިއްޔެ އެވެ.

އެލްޖީއޭއިން ކެނދިކުޅުދޫ ކައުންސިލަށް އަންގާފައި ވަނީ މިއަދު މެންދުރު 2:00 ގެ ކުރިން އެ ބަޔާން ބާތިލު ކުރުމަށެވެ.

ނަމަވެސް ކެނދިކުޅުދޫ ކައުންސިލުގެ ރައީސް މުހައްމަދު ރައުފް ވިދާޅުވީ، އެ ކައުންސިލަށް ލިބިފައިވާ ގާނޫނީ ލަފަޔާއެކު ކައުންސިލް މެމްބަރުން ނިންމީ ބަޔާން ބާތިލު ނުކުރުމަށް ކަމަށައި، އެގޮތަށް ނިންމީ ބަޔާން ބާތިލު ކުރަން ޖެހޭނެފަދަ ގާނޫނީ ސަބަބެއް އެލްޖީއޭއަށް ބުނެދެވިފައި ނުވާތީ ކަމަށެވެ.

"އެލްޖީއޭއިން ބުނެގެން ބަޔާން ބާތިލު ނުކުރަން ނިންމީ ގާނޫނީ ސަބަބެއް ދެއްކިފައި ނުވާތީ" ރައުފް ވިދާޅުވި އެވެ.

އެލްޖީއޭއިން ލާމަރުކަޒީ ގާނޫނުގެ ބާރު ކެނޑޭ ގޮތަށް އެކި ކަންކަން ކުރަން އެންގުމުން އެފަދަ ކަންކަން ނުކުރުމަށް އެލްޖީއޭއަށް އިލްތިމާސް ކުރާ ކަމަށް ރައުފް ވިދާޅުވި އެވެ.

އޭޕްރީލް 21, ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކައިރިވެފައި ވަނިކޮށް، ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ބައެއް ރަށްތަކަށް ރައީސް ފެއްޓެވި ދަތުރުފުޅަކީ، ކެމްޕޭނު ދަތުރެއް ކަމަށް މީގެ ކުރިން ވެސް ގިނަ ބަޔަކު ތުހުމަތު ކުރި އެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް "އަދަދު" އަށް އޭރު ބުނީ މި ދަތުރުފުޅަކީ އެފަދަ ދަތުރެއް ނޫން ކަމަށާއި، އެއީ ކެމްޕޭނަށް ކުރައްވާ ދަތުރުފުޅެއްކަމަށް ބުނެ ދެކެވުނު ވާހަކަތަކަކީ ދޮގެއް ކަމަށެވެ.