Advertisement

ޕާކުކޮށްފައި އޮތް ވޭނެއްގައި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

4 މާރިޗު 2024 - 08:51 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މި އެކްސިޑެންޓު ހިނގީ ހުޅުމާލޭ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީގައި އޮތް ވޭނެއްގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ޖެހިގެންކަމަށް ފުލުހުން ބުނޭ -- ފައިލް ފޮޓޯ: އަދަދު


ޕާކުކޮށްފައި އޮތް ވޭނެއްގައި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

4 މާރިޗު 2024 - 08:51 0

ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭނެއްގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން، ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެ އެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލޭ ގުލްއަލާމާ ހިނގުމުން ހުޅަނގުން އިރަށް، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު، އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީ އޮތް ވޭނެއްގައި ޖެހިގެން ކަމަށެވެ. އެއީ އިމިގްރޭޝަނުގެ ވޭނެއް ކަމަށާއި ވޭނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި ސައިކަލުވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށެވެ. އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެެވެ.

މިފަހުން ވެސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ. އެކްސިޑެންޓު ހިނގާފައި ވަނީ ވޭނެއް ކޮންޓްރޯލު ނުވެ ގޮސް، ދުއްވާފައި ދިޔަ ކާރެއްގައި ޖެހި، އެ ކާރު ޕާކުކޮށްފައި އޮތް އެހެން ކާރެއްގައި ޖެހިގެންނެވެ. އެކްސިޑެންޓު ހިނގީ ނިރޮޅުމަގުގެ ރުއްގަނޑާ ހަމައިން ކަމަށް ފުލުހުން ބުނެ އެވެ.