Advertisement

ޓްރަމްޕް ބަލިކޮށް ނިކީ ހޭލީ ފުރަތަމަ ޕްރައިމަރީ ކާމިޔާބުކޮށްފި

4 މާރިޗު 2024 - 12:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ނިކީ ހޭލީ -- ފޮޓޯ: އޭއެފްޕީ


ޓްރަމްޕް ބަލިކޮށް ނިކީ ހޭލީ ފުރަތަމަ ޕްރައިމަރީ ކާމިޔާބުކޮށްފި

4 މާރިޗު 2024 - 12:00 0

އެމެރިކާގެ ރައީސް ކަމަށް ވާދަކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ހޮވުމަށް ބާއްވާ ޕްރައިމަރީގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިކުރައްވާ ނިކީ ހޭލީ ފުރަތަމަ ކާމިޔާބީ ހޯއްދަވައިފި އެވެ.

ވޮޝިންޓަން ޑީސީގައި ބޭއްވި ޕްރައިމަރީގައި ޓްރަޕްގެ މައްޗަށް ހޭލީ ކުރި ހޯއްދެވިއިރު، އޭނާ ވެގެން ގޮސްފައި ވަނީ އެމެރިކާގެ ތާރީހުގައި ރިޕަބްލިކަންގެ ޕްރައިމަރީއެއް ކާމިޔާބުކުރެއްވި ފުރަތަމަ އަންހެން ކެންޑިޑޭޓަށެވެ.

ރިޕަބްލިކަންގެ ޕްރައިމަރީގައި އެހެން ސްޓޭޓްތަކުން ހޭލީގެ މައްޗަށް ކުރި ހޯއްދަވައިގެން ކުރީގައި މި ވަގުތު އުޅުއްވަނީ ޓްރަމްޕް އެވެ.

އެގޮތުން މިހާތަނަށް ޕްރައިމަރީގައި 62.9 ޕަސަންޓުން ކުރީގައި ޓްރަޕް އޮތްއިރު، ހޭލީ ފަހަތުގައި އޮތީ 33.2 ޕަސަންޓާއެކުގަ އެވެ. އެމެރިކާގެ އިންތިހާބު އަންނަ ނޮވެމްބަރު މަހު އޮންނައިރު، އިންތިހާބުގައި ޓްރަމްޕް އަދި އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ވާދަވެރިކަން ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ނަމަވެސް ޓްރަމްޕްގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލައި، ޝަރީއަތްތައް ހިންގަމުން ދާތީ އިންތިހާބުގައި އޭނާއަށް ވާދަކުރެއްވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.