Advertisement

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ހިމެނޭ ހަތް މީހުން ޝަރީއަތް ނިމެންދެން ބަންދަށް

3 މާރިޗު 2024 - 19:43 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޕްރޮސެކިޔުޓާ ޖެނެރަލް ހުސެއިން ޝަމީމް: ޕީޖީ ޝަމީމަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވީ ދެ މީހުން --- އަދަދު ފައިލް ފޮޓޯ


ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ހިމެނޭ ހަތް މީހުން ޝަރީއަތް ނިމެންދެން ބަންދަށް

3 މާރިޗު 2024 - 19:43 0

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލައިގައި މިހައިތަނަށް ހައްޔަރުކުރި ހަތް މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ ހުސް ދިވެހި ފިރިހެނުން ކަމަށާއި އެ މީހުން ހައްޔަރު ކުރީ ތަހުގީގަށް ކުރިއެރުން ލިބެމުންދިޔަ މިންވަރަކުން އެކި ފަހަރުމަތިން ކަމަށެވެ. އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް ބަޔާނުގައި އެ އިދާރާއިން ބުނެފައިވެ އެވެ.

މިދިޔަ ޖެނުއަރީ 31، ގައި ޝަމީމަށް ހަމަލާ ދީފައި ވަނީ ސައިކަލު ޕާކޮށްފައި ގެެއަށް ވަދެވަޑައިގަންނަވަނިކޮށްނެވެ. ހަމަލާ އެރީ ޝަމީމްގެ ވައަތުގެ މުލައްދަނޑިއަށެވެ. މަރުތޭލައިން ޖެހުމުގެ ސަބަބުން ޝަމީމްގެ ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއްލާފައި ވާތީ އެ އަތުގައި އޭޑީކޭ ހޮސްޕިޓަލުން ޕްލާސްޓަރު އަޅައި، ފަރުވާ ދިނެވެ.

އެ މައްސަލައިގައި ހަތް މީހުން ހައްޔަރު ކުރި ނަމަވެސް ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ޝަމީމްއަށް ހަމަލާދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ދެ މީހުން ކަމަށެވެ. އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރީ ހަމަލާދިން ދުވަހާ ޖެހިގެން އައި ދުވަހެވެ.

މިކަމާ ގުޅޭ ގޮތުން އޭރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއީ ދުރާލާ ފާރަލައިގެން ވަރަށް ރޭވިގެން ހިންގާފައިވާ އަމަލެއްކަން އެހާތަނަށް ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށެވެ.

ހަމަލާދިން ކަމަށް ބުނާ ދެ މީހުންނަކީ މާލޭގެ ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ވަނީ އެނގިފަ އެވެ. ހަމަލާ ދިނުމަށްޓަކައި އެ މީހުން ތިބީ ސައިކަލްގެ ނަން ބޯޑު ބަދަލުކޮށް، މޫނު ނުފެންނަ ގޮތަށް ހެލްމެޓުގެ އިތުރުން މާސްކެއް ވެސް އަޅައިގެން ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ މީހަކު އަދަދު ނޫހަށް ކިޔައި ދިނެވެ.