Advertisement

ޝަމީމަށް ހަމަލާ ދިން މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

1 ފެބުރުވަރީ 2024 - 21:06 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕީޖީ ހުސައިން ޝަމީމް: ޝަމީމަށް ހަމަލާ ދިން މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި - ފޮޓޯ: އަދަދު


ޝަމީމަށް ހަމަލާ ދިން މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

1 ފެބުރުވަރީ 2024 - 21:06 0

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް އިއްޔެ ހަމަލާ ދިން މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި ޝަރީއަތް ނިމެންދެން އެ ދެ މީހުން ބަންދު ކުރުމުގެ އަމުރު ނެރެދިނީ މިއަދު ކްރިމިނަލް ކޯޓުންނެވެ.

އިއްޔެ ހެނދުނު ޝަމީމަށް ހަމަލާ ދީފައި ވަނީ ސައިކަލު ޕާކޮށްފައި ގެެއަށް ވަދެވަޑައިގަންނަވަނިކޮށްނެވެ. މަރުތޭލަކުން ދިން އެ ހަމަލާ އެރީ ޝަމީމްގެ ވައަތުގެ މުލައްދަނޑިއަށެވެ. ޝަމީމްގެ ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއްލާފައި ވާތީ އެ އަތުގައި އޭޑީކޭ ހޮސްޕިޓަލުން ޕްލާސްޓަރު އަޅައި، ފަރުވާ ދިނެވެ.

ފުލުހުން ބުނީ ޝަމީމަށް ހަމަލާ ދިނީ ސައިކަލެއްގައި އައި މޫނު ނިވާކޮށްގެން ތިބި ދެ މީހުން ކަމަށެވެ.

ހައްޔަރު ކުރި ދެ މީހުންނަކީ މާލޭގެ ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ވަނީ އެނގިފަ އެވެ. ހަމަލާ ދިނުމަށްޓަކައި އެ މީހުން ތިބީ ސައިކަލްގެ ނަން ބޯޑު ބަދަލުކޮށް، މޫނު ނުފެންނަ ގޮތަށް ހެލްމެޓުގެ އިތުރުން މާސްކެއް ވެސް އަޅައިގެން ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ މީހަކު "އަދަދު" ނޫހަށް ކިޔައި ދިނެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.