Advertisement

މި ސަރުކާރުން ދަނީ ކައުންސިލްތަކުގެ ބާރު ކަނޑުވައިލުމުގެ ސިޔާސަތު އިއާދަކުރަމުން: އެމްޑީޕީ

3 މާރިޗު 2024 - 17:16 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރަށްރަށުގައ ކައުންސިލަރުންނާއެކު އެމްޑީޕީގެ މިދިޔަ ވެރިކަމުގައި ބޭއްވި ތިންވަނަ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި އެ ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ބައިވެރިވަނީ --- ފޮޓޯ: ރައީސް އޮފީސް


މި ސަރުކާރުން ދަނީ ކައުންސިލްތަކުގެ ބާރު ކަނޑުވައިލުމުގެ ސިޔާސަތު އިއާދަކުރަމުން: އެމްޑީޕީ

3 މާރިޗު 2024 - 17:16 0

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުގެ ދަށުން ހިންގުމުގެ ގޮތުން ގާނޫނު އަސާސީން ބާރު ލިބިގެން އުފައްދާފައިވާ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމުގެ ސިޔާސަތު މި ސަރުކާރުން އިއާދަކުރަމުންދާ ކަމަށް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

މިދިޔަ ހަފުތާ ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުގެ ތެރެއިން އެމަނިކުފާނާ ބައްދަލުކުރުމަށް ނ. ވެލިދޫ ކައުންސިލުން އެ އަތޮޅު ހޮޅުދޫއަށް ދަތުރު ނުކުރި ސަބަބު ހޯދަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ސުވާލުކޮށްފަ އެވެ. އޭގެ އިތުރުން, ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނެއް ބާތިލުކުރަން ވެސް ވަނީ އަންގާފަ އެވެ.

މި ކަންކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ އެ އަމަލުތައް ކުށްވެރިކޮށް ސަރުކާރުން ގެންގުޅޭ ލާމަރުކަޒީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

"ރައީސް މުއިއްޒުގެ އެ ނިންމެވުމަކީ ކައުންސިލްތަކަށް ނުފޫޒު ފޯރުވާ އެ ކައުންސިލްތަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުން ދިން ގާނޫނީ ބާރުވެރިކަން ކަނޑުވާލުމަށްޓަކައި ކުރެއްވި ކަމެއް," އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުން, އުފައްދާފައިވާ މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އެމްޑީޕީން ސިފަކުރީ ކައުންސިލުތަކުގެ ބާރު ކަނޑުވާލަން އުފައްދާފައިވާ "އެޓޯލްސް މިނިސްޓްރީ" ގެ ގޮތުގަ އެވެ.

"ސަރުކާރަށް ގޮވާލަނީ 'އެޓޯލްސް' މިނިސްޓްރީ މެދުވެރިކޮށް ބިރު ދެއްކުން ހުއްޓާލާ އަދި 'އެޓޯލްސް' މިނިސްޓްރީ އުވާލުމަށް," އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

ކައުންސިލްތަކުން ނެރޭ ބަޔާންތައް އަނބުރާ ގެންދިއުމަށް އެންގުމާއި ކައުންސިލްތަކުން ނިންމާ ނިންމުންތަކާ މެދު ބިރު ދެއްކުމުގެ ނިޔަތުގައި އެލްޖީއޭ މެދުވެރިކޮށް 2013 ގައި އިންތިހާބުވި ޕީޕީއެމްގެ ވެރިކަމުން ކަންކަން ކުރި ގޮތް އިއާދަކުރަމުންދާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

"ޕީޕީއެމްގެ ވެރިކަމުގައި ކައުންސިލްތަކަށް ރައްޔިތުންގެ އިންތިހާބުކޮށްފައިވާ ކައުންސިލަރުންގެ މުސާރަ އުނިކޮށް, ސަސްޕެންޑުކޮށް ކައުންސިލްތަކުގެ ބާރު އަނެއްކާވެސް ކަނޑުވާލުމުގެ ފިކުރު, ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެ ސިޔާސަތު އިއާދަކުރުމަށް ކުރަމުންދާ ކަމެއް ކަމަށް މި ޕާޓީން ދެކެން," އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީން މިފަދަ ބަޔާނެއް ނެރެފައިވާއިރު ރައީސް މުއިއްޒުގެ ކެނދިކުޅުދޫއަށް ވަޑައިގެން ކައުންސިލުގެ ރުހުމެއް ނެތި، ކައުންސިލުން އިންތިޒާމު ކުރި ހަރަކާތް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިފަވާ ގޮތަށް، މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ވާހަކަ ދެއްކެވި ކަމަށް ކައުންސިލުގެ ބަޔާނުގައި ތުހުމަތުކުރި އެވެ.