Advertisement

50 ކައުންސިލެއްގެ އިމާރާތް އަޅަން ބޭނުންވާ ވަސީލަތްތައް ޗައިނާ ސަރުކާރުން ލިބޭނެ: މިނިސްޓަރު

25 އޭޕްރީލް 2024 - 20:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ލޯކަލް ގަވަމަންޓު މިނިސްޓަރު، އާދަމް ޝަރީފް: 50 ކައުންސިލް އެޅުމަށް ބޭނުންވާ ވަސީލަތްތައް ޗައިނާ ސަރުކާރުން ލިބޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: ލޯކަލް ގަވަމަންޓު މިނިސްޓްރީ


50 ކައުންސިލެއްގެ އިމާރާތް އަޅަން ބޭނުންވާ ވަސީލަތްތައް ޗައިނާ ސަރުކާރުން ލިބޭނެ: މިނިސްޓަރު

25 އޭޕްރީލް 2024 - 20:12 0

50 ކައުންސިލެއްގެ އިމާރާތް އަޅަން ބޭނުންވާ ވަސީލަތްތައް ޗައިނާ ސަރުކާރުން ލިބޭނެ ކަމަށް ލޯކަލް ގަވަމަންޓު މިނިސްޓަރު، އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ހދ. ހަނިމާދޫގައި ކުރިއަށް ގެންދިޔަ "ފަނޯއްލަ" ދަރުބާރު 2024 ގައި އާދަމް ޝަރީފް ވިދާޅުވީ އަތޮޅު ތެރޭގައި ސަރުކާރުން އަޅައިދޭން ނިންމާފައިވާ 50 ކައުންސިލަށް ބޭނުންވާ ވަސީލަތްތައް ޗައިނާ ސަރުކާރުން ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

އެއާއެކު މި އަހަރު ތެރޭގައި އެ 50 ކައުންސިލްގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށާއި ކުރިއަށް އޮތްތަނުގައި އެހެން ކައުންސިލްތަކަށް ވެސް ރަނގަޅު ގޮތްތައް ފަހިކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަފްސީލް މައުލޫމާތަށް ބަލާއިރުގައި އިރާދަކުރެއްވިއްޔާ އެ 50 ކައުންސިލް އެޅުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ޗައިނާ ސަރުކާރުން ދެއްވާނެ ކަމަށް އޮތީ ހުށަޅާފައި ކަމަށް ރައީސް ވިދާޅުވި،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އިމާރާތް ކުރާ 50 ކައުންސިލް ހޮވާނީ ރައްޔިތުންގެ ހިޔާލާ މަޝްވަރާގެ ދަށުން އެކުލަވައިލާ އުސޫލެއްގެ ދަށުން ކަމަށް ސަރުކާރުން ބުނެފައިވާއިރު، މިހާތަނަށް ކައުންސިލްތައް ހޮވައިފައެއް ނުވެ އެވެ.

ކައުންސިލްތައް ހުރި ހާލު އިހުސާސް ކުރެވޭކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ އެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ 50 ރަށެއްގެ ކައުންސިލް އިމާރާތް މިއަހަރު ސަރުކާރުން އަޅަައިދޭން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފެބްރުއަރީ 26، ގަ އެވެ.

ރައީސް އޭރު ވިދާޅުވީ އެ މަސައްކަތްތައް ކުރުމަށް ބަޖެޓު ކުރެވިފައި ނެތް ނަމަވެސް އިންވެސްޓާ ފައިނޭންޝަލް މޮޑެލްގެ ތެރެއިން އެ މަސައްކަތްތައް ފެށޭނެ ކަމަށެވެ. އަމާޒަކީ ހުރިހާ ރަށު ކައުންސިލަކަށް ރަނގަޅު ފެންވަރުގެ އޮފީސް އިމާރާތެއް ގާއިމުކޮށްދިނުން ކަމަށް ވެސް އެމަނިކުފާނު އޭރު ވިދާޅުވި އެވެ.