Advertisement

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މިހާރު ވަގުތުން ލިބޭނެ

3 މާރިޗު 2024 - 14:35 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މިހާރު ވަގުތުން ލިބޭނެ

3 މާރިޗު 2024 - 14:35 0

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް އޮންލައިންކޮށް ހުށަހެޅުމުން ނަގުދު ފައިސާ ލިބޭ ގޮތަށް ވަގުތުން އެޕްރޫވަލް މިހާރު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދާދި ފަހުން ގެނެވުނު ބަދަލެއް ކަމަށެވެ.

ކަސްޓަމަރުންނަށް އިންޓަނެޓް އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކްރެޑިޓް ލިމިޓުގެ ގޮތުގައި ފެންނަ ޖުމްލަ އަދަދާ ހަމަޔަށް ޕާސަނަލް ފައިނޭންސިންގްއަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އޭގެއިތުރުން ބީއެމްއެލްއިން ބުނީ އޮންލައިންކޮށް ހުށަހަޅެމުން ފައިނޭންސިން އެޕްރޫވްކޮށް ހަތަރު ގަޑިއިރުތެރޭ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

"ވަގުތުން އެޕްރޫވްކުރާ ފައިނޭންސިން ފެސިލިޓީ ދޫކުރާނީ ބީއެމްއެލް ޕޭރޯލް މެދުވެރިކޮށް ފާއިތުވި 12 މަސްދުވަހު މުސާރަ ޖަމާކޮށް ކްރެޑިޓް ހިސްޓްރީ ރަނގަޅު ކަސްޓަމަރުންނަށް" ބީއެމްއެލްއިން ބުނެ އެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ނަގުދު ފައިސާގެ އިތުރުން، މުދަލާއި އެހެނިހެން ހިދުމަތް ހޯދުމުގެ ފުރުސަތުވެސް ލިބޭނެކަން ފާހަގަކޮށް ބީއެމްއެލްއިން ބުނީ ނަގުދު ފައިސާ ލިބޭ ހިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރެވޭ އުސޫލެއް ކަމުގައިވާ ތަވައްރުޤް އުސޫލުން ކަމަށެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮސެސް ކުރުމަށް ކުރިން ފަސް ދުވަސް ނަގާއިރު، މިހާރު މަދު ވަގުތު ކޮޅަކުން ކަސްޓަމަރުނަން ބޭނުންވާ ހިދުމަތް ފަސޭހަކަމާއެކު ލިބޭ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.