Advertisement

އެކައުންޓަކުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

17 މާރިޗު 2024 - 13:58 0

މިހާރު ކުރިއަށްދާ ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: އަދަދު


އެކައުންޓަކުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

17 މާރިޗު 2024 - 13:58 0

މޯލްޑިވްސް އިސްލާމިކް ބޭންކުގައި މީހަކު ހުޅުވާފައި އިން އެކައުންޓަކުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލައެއްގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ އެ ކަމުގެ ތަހުގީގު އެއްކޮށް ފުރިހަމަކޮށްފައިވާކަން ހާމަކޮށްފަ އެވެ.

"މި މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ކުރުމަށްޓަކައި, ކުޑަކުއްޖަކު ވެސް ހިމެނޭ ގޮތަށް ދައުވާ ކުރުމަށްޓަކައި ޕްރޮސެކިިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވާފައި," ފުލުހުން މިއަދު ބުނެފައިވެ އެވެ.

މުދަލާއި ފައިސާ ހިމެނޭ ގޮތަށް 1.6 މިލިއަން ރުފިޔާ އަނބުރާ ހޯދައިދެވިފައިވާ ކަމަށް ފުލުހުން މިއަދު ހާމަކުރި އެވެ.

ފައިސާ ގެއްލުނު މީހާގެ އެކައުންޓުން އެކި ފަހަރުމަތިން ޖުމްލަ 1.8 މިލިއަން ރުފިޔާ ޓްރާންސްފާ ކޮށްފައިވާ ކަމަށާއި މައްސަލަ ހުށަހެޅުމާއެކު ރާއްޖޭގައި ޓްރާންސެކްޝަންތައް ހިންގާފައި ހުރި ބޭންކުތަކާ ވަގުތުން ކޯޑިނޭޓު ކުރެވުނު ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ.