Advertisement

ބީއެމްއެލްއިން ރޯދަ މަހު ފަހު ދިހައިގައި ހިދުމަތް ދޭ ގަޑިތައް

27 މާރިޗު 2024 - 13:35 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބޭންކް އޮފް މޯލްޑިވްސްގެ މައި ބްރާންޗު -- ފޮޓޯ: އަދަދު


ބީއެމްއެލްއިން ރޯދަ މަހު ފަހު ދިހައިގައި ހިދުމަތް ދޭ ގަޑިތައް

27 މާރިޗު 2024 - 13:35 2

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޯދަ މަހުގެ ފަހު 10 ގައި ހިދުމަތް ދިނުމަށް އެ ބޭންކުގެ ބްރާންޗުތަކާއި، ސާވިސް ސެންޓަރުތައް ހުޅުވާ ގަޑި އިއުލާން ކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކް ރޯދަ މަހުގެ ފަހު 10 ގައި ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް ކަމަށެވެ.

މި މުއްދަތުގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން (ޓީޓީ)، ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން، ޕޭ ރޯލް އަދި ބަލްކް ޓްރާންސްފާސްގެ އިތުރުން ލޯކަލް ޓްރާންސްފާ އެންޑް ޕޭމަންޓްސް ހެނދުނު 10:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް އެ ދުވަހު ޕްރޮސެސް ކުރާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބުކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމު ކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައްވެސް ކަސްޓަމަރުންނަށް ލިބޭނެކަން ފާހަގަކޮށް ބީއެމްއެލްއިން ބުނީ ބޭންކުގެ ކޮންޓެކްޓު ސެންޓަރު އަދި ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ދޭނެ ކަމަށެވެ.

ރޯދަ މަހުގެ ފަހު 10 ގައި އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިން ހިދުމަތް ހޯދުމަށް ބީއެމްއެލް އިން ވަނީ އެދިފަ އެވެ.