Advertisement

އޭޝިއަން ޓެލެކޮމް އެވޯޑްސް: ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ދިރާގަށް

3 މާރިޗު 2024 - 14:51 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ދިރާގަށް ލިބުން -- ފޮޓޯ: ދިރާގު


އޭޝިއަން ޓެލެކޮމް އެވޯޑްސް: ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ދިރާގަށް

3 މާރިޗު 2024 - 14:51 0

މި އަހަރުގެ އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ދިރާގަށް ލިބިއްޖެ އެވެ.

އޭޝިއަން ޓެލެކޮމް އެވޯޑަކީ މި ސަރަހައްދުގެ މުވާސަލާތީ ސިނާއަތުގެ ކާބިޔާބީތައް ފާހަގަކޮށް، ޒަމާނީ ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް ކުންފުނިތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް ދޭ އެވޯޑެކެވެ.

ދިރާގަށް މި ލިބުނު އެވޯޑަކީ ރާއްޖެ ފަދަ އެތައް ރަށަކަށް އާބާދީ ބެހިފައިވާ ޖަޒީރާ ގައުމަކަށް ހަލުވި ސްޕީޑްގައި މޮބައިލް އަދި ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީ، މުވާސަލާތީ އަދި ޑިޖިޓަލް ވިއުގަ ތަރައްގީ ކުރުމަށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށެެވެ.

މި އެވޯޑު ލިބުމާއެކު ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ މި އެވޯޑު ދިރާގަށް ލިބުމުން ހާމަވެގެން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހަލުވި ސްޕީޑްގައި އިންޓަނެޓް ފޯރުކޮށްދީ، ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ދިނުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތް ކަމަށެވެ.

"މި ފުރުސަތުގައި ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރައްވާ އިތުބާރު ފާހަގަކޮށް، އަޅުގަނޑުމެންގެ ނެޓްވަރކްގައި ތިއްބެވިކަމަށްޓަކައި ހުރިހާ ކަސްޓަމަރުންނަށް ވެސް ވަރަށް އިހްލާސްތެރި ކަމާއެކު ޝުކުރު ދަންނަވަން،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ހުރިހާ ރިސޯޓްތަކާއި، ސިނާއީ މަސައްކަތްކުރާ ރަށްރަށަށް 100 ޕަސަންޓު މޮބައިލް 4ޖީ ހިދުމަތް ފޯރުކޮށްދީފަ އެވެ.

ވޭތުވެދިޔަ އަހަރު ތެރޭގައި ދިރާގުން ވަނީ 94 ޕަސަންޓު ގޭބީސީއަށް ފައިބާ-ޓު-ދަ-ހޯމް އިންޓަނެޓުގެ ހިދުމަތްވެސް ފުޅާކޮށްފައިވާއިރު، މިހާރު ވަނީ 5ޖީގެ ހިދުމަތް އާބާދީގެ 50 ޕަސަންޓަށްވެސް ފޯރުކޮށްދީފައެވެ.

މިދިޔަ ހަފްތާގައި ދިރާގަށް ވަނީ އޫކްލާ ސްޕީޑްޓެސްޓް އެވޯޑްސްއިން 'ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވަރކް' ގެ އެވޯޑްވެސް ލިބިފައެވެ. މިއީ ދިރާގަށް މި އެވޯޑް ޖެހިޖެހިގެން ލިބުނު ތިންވަނަ އަހަރެވެ.