Advertisement

ސުއަރޭޒް އާއި މެސީގެ ގޯލުތަކާ އެކު އިންޓަ މިއާމީ އަށް މޮޅެއް

3 މާރިޗު 2024 - 09:07 0


ސުއަރޭޒް އާއި މެސީގެ ގޯލުތަކާ އެކު އިންޓަ މިއާމީ އަށް މޮޅެއް

3 މާރިޗު 2024 - 09:07 0

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (މާޗް 3) - މޭޖަލީގުސޮކާ (އެމްއެލްއެސް)ގައި ރޭ ލުއިސް ސުއަރޭޒް އާއި ލިއޮނަލް މެސީގެ ގޯލުތަކާ އެކު، އިންޓަ މިއާމީން 5-0 އިން އޯލަންޑޯ ސިޓީ ބަލިކޮށްފި އެވެ.

ބްރެޒިލްގެ ގްރެމިއޯ އަށް މިދިޔަ ސީޒަނުގައި ކުޅުނު ސުއަރޭޒް، 37، އިންޓަ މިއާމީ އަށް ބަދަލުވެ، މި ފަހަރުގެ އެމްއެލްއެސްގެ ފުރަތަމަ ދެ މެޗުގައި ފެނިގެންދިޔައީ އާދައިގެ ގޮތަކަށެވެ. އެހެން ނަމަވެސް ރޭ އޯލަންޑޯ އަތުން އިންޓަ މިއާމީ މޮޅުވި މެޗުގައި ރަނގަޅަށް ކުޅެ ސުއަރޭޒް ދެ ގޯލު ޖެހި އެވެ.

"އޭނަ (ސުއަރޭޒް) އަށް ޓަކައި އަހަރެން ވަރަށް އުފާކުރަން. އަހަރެމެންނަށް އަބަދުވެސް ޔަގީންކަން އޮތް ސުއަރޭޒް އަސްލު ފޯމަކަށް އަވަހަށް އެޅޭނެ ކަމަށް، އެކަން އެ ފެނިގެންދަނީ،" ރޭގެ މެޗުގައި ދެ ގޯލު ޖެހި މެސީ ބުންޏެވެ.

މެސީ އާއި ސުއަރޭޒްގެ އިތުރުން އިންޓަ މިއާމީ އަށް ރޭގެ މެޗުގައި ލަނޑު ޖަހައިިދިނީ، ރޮބާޓް ޓޭލާ އެވެ.

ސުއަރޭޒް ޖެހީ ފުރަަތަމަ ދެ ގޯލެވެ. އެއީ މެޗުގެ ފުރަތަމަ 11 މިިނިޓް ތެރޭގަ އެވެ. އޭގެ ފަހުން، 29 ވަނަ މިނިޓްގައި ޓޭލާ ގޯލު ޖެހި އެވެ. އިންޓަ މިއާމީން ފުރަތަމަ ހާފު ނިންމާލީ ތިން ގޯލުގެ ލީޑަކާ އެކު އެވެ. މެސީ ވަނީ ދެ ވަނަ ހާފުގައި، ފަސް މިނިޓް ތެރޭ ދެ ގޯލު ޖަހައި، އިންޓަ މިއާމީ އަށް ފަސޭހަ މޮޅެއް ކަށަވަރުކޮށްދީފަ އެވެ.