Advertisement

އިންޑިއާގެ ނޫސްވެރިޔަކު ޖަލުން މިނިވަންވިތާ ދެ ދުވަސް ފަހުން އަނެއްކާ ވެސް ހައްޔަރުކޮށްފި

3 މާރިޗު 2024 - 07:46 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކަޝްމީރުގެ ނޫސްވެރިޔާ އާސިފް ސުލްތާން -- ފޮޓޯ: ގެޓީ


އިންޑިއާގެ ނޫސްވެރިޔަކު ޖަލުން މިނިވަންވިތާ ދެ ދުވަސް ފަހުން އަނެއްކާ ވެސް ހައްޔަރުކޮށްފި

3 މާރިޗު 2024 - 07:46 0

އިންޑިއާގައި ކަޝްމީރުގެ ނޫސްވެރިޔާ އާސިފް ސުލްތާން މިނިވަންވިތާ ދެ ދުވަސް ފަހުން އަނެއްކާވެސް އޭނާ ހައްޔަރުކޮށްފި އެވެ.

ފަސް އަހަރަށްވުރެ ގިނަ ދުވަހު ޖަލުގައި ހައްޔަރުކޮށްފައި ހުރުމަށް ފަހު މިދިޔަ އަންގާރަ ދުވަހު އާސިފް މިނިވަން ކޮށްފައި ވާއިރު، ތުހުމަތު ކުރެވޭ އިތުރު މައްސަލައެއްގައި ހައްޔަރުކުރީ ބުރާސްފަތި ދުވަހު އެވެ.

އާސިފްގެ ވަކީލުން ބުނީ މިފަހަރު އޭނާ ހައްޔަރު ކޮށްފައި ވަނީ އެންޓި ޓެރާ ގާނޫނުގެ ދަށުން ކަމަށް ވާއިރު، ހުކުރު ދުވަހު ކޯޓަށް ގެންގޮސް، ބެއިލްވެސް ނުދެވޭ ގޮތަށް ބަންދުކޮށްފައިވާ ކަމަށެވެ.

ސްރީނަގަރްގެ އިނގިރޭސި މަޖައްލާއެއްގެ އެސިސްޓެންޓް އެޑިޓަރެއް ގޮތުގައި މަސައްކަތް ކުރަމުން އައި އާސިފް އެންމެ ފުރަތަމަ ހައްޔަރުކުރީ 2018 ވަނަ އަހަރު ހަނގުރާމަވެރި ބަޔަކަށް ބޯހިޔާވެހިކަން ހަމަޖައްސައިދިން ކަމުގެ ތުހުމަތުގަ އެވެ.

ނަމަވެސް އާސިފް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ހައްޔަރުކުރީ ނޫސްވެރިޔެއް ގޮތަށް މަސައްކަތް ކުރާތީ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އިންޑިއާގައި ނޫސްވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ވަނީ އާސިފްގެ މައްޗަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެ، އޭނާ މިނިވަން ކުރުމަށް ގޮވާލާފަ އެވެ.