Advertisement

ހަޔާ އެޑިއުކޭޝަންގެ އެކްޝަން ޕްލޭން އެކުލަވާލުމުގެ މަޝްވަރާތަކެއް

2 މާރިޗު 2024 - 19:09 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހަޔާ އެޑިއުކޭޝަންގެ އެކްޝަން ޕްލޭން އެކުލަވާލަން ބޭއްވި މަޝްވަރާ ވޯކްޝޮޕް ތެރެއިން -- ފޮޓޯ: ހަޔާ އެޑިއުކޭޝަން


ހަޔާ އެޑިއުކޭޝަންގެ އެކްޝަން ޕްލޭން އެކުލަވާލުމުގެ މަޝްވަރާތަކެއް

2 މާރިޗު 2024 - 19:09 0

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލް ޑިވެލޮޕްމަންޓުގެ 2024-2028 ގެ އެކްޝަން ޕްލޭން އެކުލަވާލުމަށް މަޝްވަރާ ވޯކްޝޮޕެއް މިއަދު ބާއްވައިފި އެވެ.

މީރުމާ އިވެންޓް ހޯލުގައި އެކްޝަން ޕްލޭން އެކުލަވާލުމުގެ ގޮތުން ބޭއްވި ވޯކްޝޮޕް އިފްތިތާހު ކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ އެވެ.

ނުވަ ގަޑިއިރަށް ދެމިގެންދިޔަ މި ވޯކްޝޮޕްގައި މިނިސްޓަރު މާރިޔާ ވަނީ ތައުލީމީ ދާއިރާއަށް އޮތް އޭނާގެ ތަސައްވުރު ހިއްސާކުރައްވާފަ އެވެ.

ވޯކްޝޮޕްގައި މަޝްވަރާ ކުރި ކަންތައްތައް:

  • ކުރިޔަށް އޮތް ފަސް އަހަރުގެ ދިގު ރާސްތާ ޕްލޭން
  • މެންޑޭޓަށް މަސައްކަތް ކުރާއިރު މިހާރު ހުރި ގޮންޖެހުންތައް
  • މިނިސްޓްރީގެ މިހާރުގެ މިޝަން އަދި ވިޝަން ސްޓޭޓްމަންޓް ބަދަލުކުރުން
  • ދާއިރާއާ ގުޅުން ހުރި ސިޔާސާތުތައް ކަނޑައެޅުން

މި ވޯކްޝޮޕުގައި ހަޔާ އެޑިއުކޭޝަންގެ ދަށުން ހިންގާ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، މޯލްޑީވްސް ޕޮލިޓެކްނިކް، ލޭބާ ރިލޭޝަންސް އޮތޯރިޓީ އަދި ޖޮބް ސެންޓަރުން ބައިވެރިވި އެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ އެކްޝަން ޕްލޭން އެކުލަވާލުމުގައި މަތީ ތައުލީމުގެ ފެންވަރު ރަނގަޅުކޮށް މަތީ ތައުލީމު އިތުރަށް ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެގޮތުން ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލު ކުރަން ބޭނުންވާ ދަރިވަރުންނަށް އިތުރު ފުރުސަތުތައް ހުޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ދެމުން އަންނަ މަތީ ތައުލީމު ހާސިލު ކުރެވޭނެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ވޯކްޝޮޕުގައި މަޝްވރާ ކުރި އެވެ.