Advertisement

ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް އެދި ހުށަހަޅަން އިތުރު ހަތް ދުވަސް ދީފި

25 އޭޕްރީލް 2024 - 11:47 0

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ޕްރެސް ކޮންފެރެންސްއެއްގައި: ސްޓޫޑަންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި


ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް އެދި ހުށަހަޅަން އިތުރު ހަތް ދުވަސް ދީފި

25 އޭޕްރީލް 2024 - 11:47 0

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހޯދަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅަން އިތުރު ހަތް ދުވަސް ދީފި އެވެ.

މިފަހަރުގެ ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހިމެނޭހެން 500 ފުރުސަތު ހުޅުވާލީ މިއަދުގެ ނިޔަލަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނީ އިތުރު ހަތް ދުވަސް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެހެންވެ އެ މުއްދަތު ދެން ހަމަވާނީ އަންނަ ހަފުތާ ބުރާސްފަތި (މެއި 2) ދުވަހު މެންދުރުފަހު 1:30 އަށެވެ.

މި ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓާސް ޑިގްރީ ލެވަލްއަށް ކިޔެވުމަށް އެދި ހުށަހެޅެ އެވެ. އަދި ރާއްޖޭން ބޭރުން ޑިޕްލޮމާ ފެންވަރުން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް އެދި ލޯނަށް ހުށަހެޅޭނެ އެވެ.

ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާއި އެ ފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ހަރަދުތައް ހޯދުމަށް މި ފަހަރު ހުށަހެޅޭނެ އެވެ.

މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާ ހުރެ ޕްރޮގްރާމް ފުރިހަމަ ނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށް ވެސް ސަރުކާރުން މި ފަހަރު ފުރުސަތު ހުޅުވާލާފައިވެ އެވެ.

ލޯނަށް އެދި ފޯމް ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށެވެ.