މެޑިކަލް ސްކޫލްގެ ކެމްޕަސް ބަދަލުކުުރުމުން 1،000 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އޭޕްރީލް 2024 - 16:52 2

ލީވާން އަލީ ނާސިރު

ލ


މެޑިކަލް ސްކޫލްގެ ކެމްޕަސް ބަދަލުކުުރުމުން 1،000 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އޭޕްރީލް 2024 - 16:52 2

މޯލްޑިވްސް ނެޝަނަލް ޔުނިވާސީޓީ (އެމްއެންޔޫ)ގެ މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލުން، އެ ޔުނިވާސިޓީގެ މައިކެމްޕަހަށް ބަދަލު ކުރުމުން 1،000 އަށްވުރެ ގިނަ ދަރިވަރުންގެ ކިޔެވުމަށް އަސަރު ކުރާނެ ކަމަށް އެމްއެންޔޫގެ ސްޓޫޑެންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން މިއަދު ބުނެފި އެވެ.

އެ ޔޫނިއަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ 200 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ސްކޫލް އޮފް މެޑިސިންގައި ހަތް ބެޗުގެ ދަރިވަރުން ހިމެނޭއިރު، ދަރިވަރުންގެ ފަރާތުން ލިބިފައިވާ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް މިއަދު ޔުނިވާސިޓީގެ މެނޭޖްމަންޓާއި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ހިމެނޭ ގޮތަށް ބައްދަލުުވުމެއް ބާއްވާފައިވާ ކަމަށެވެ.

ޔުނިވާސިޓީގެ ފަރާތުން ގެންނަން ވިސްނަމުންދާ ވަގުތީ ހައްލުގެ ސަބަބުން ސެންޓްރަލް އެޑްމިނިސްޓްރޭޝަން ގައި ކިޔަވަމުންދާ ފައުންޑޭޝަން ސްޓަޑީޒްގެ ދަރިވަރުންނާއި އަދި އެހެން ފެކަލްޓީތަކުގެ ދަރިވަރުންގެ ކިޔެވުމުގެ އިންތިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"މިފަދަ ބަދަލަކާ ގުޅިގެން 1،000 އަށްވުރެ ގިނަ ދަރިވަރުންގެ ތައުލީމު ހާސިލު ކުރުމުގެ މަސައްކަތަށް ސީދާ އަދި ނުސީދާ ގޮތެއްގައި އަސަރު ކުރާނެ" އެމްއެންޔޫއެސްޔޫ ގެ ބަޔާނުގައި ބުންޏެވެެ.

މިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރަން ބައްދަލުވުމެއް ހަމަޖައްސައި ދިނުމަށް އެދި އިއްޔެ އެމްއެންޔޫއެސްޔޫގެ ފަރާތުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިޓީއަކުން ދަންނަވާފައި ކަމަށާއި، މަސައްކަތް ކުރަނީ މަޝްވަރާގެ އުސޫލުން މިކަމަށް ހައްލެއް ގެނައުމަށް ކަމަށް ވެސް އެ ޔޫނިއަނުން ބުންޏެވެ.

އޭގެއިތުރުން ޔޫނިއައިންއިން ވަނީ ސްކޫލް އޮފް މެޑިކަލް ސައިންސްގެ ދަރިވަރުންނަށް ހާއްސަކޮށް އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މަސައްކަތް އަވަހަށް ނިންމޭނެ ގޮތްތަކެއް ހޯދައިދީ، ދާއިމީކޮށް ދަރިވަރުންނަށް އެކަމުގައި އަވަސް ހައްލެއް ބޭނުންވާ ކަމަށް ވެސް ބުންޏެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


މުލޭ

12 months ago

200 ދަރިވަރުން ކިޔަވާ ތަނެއް. 1000 ދަރިވަރުންނަށް އަސަރުކުރަނީ ކިހިނެއް.

ޙުސޭނު

12 months ago

މި 200 ކުދިން ކިޔަވާ ކިލާސްތަކަކީ ހާއްސަ އެކުޕްމެންޓްތަކެއްހުންނަ ކިލާސްރޫމް ތަކެއް..ދަރުމަވަންތަ ހޮސްޕިޓަލްގައި މި ކިލާސްރޫމްތައް ތައްޔާރުކުރަން އެމްއެންޔޫއިންވަނީ މިލިޔަނުން ހަރަދުކޮށްފަ... މި ކިލާސްރޫމްތައް އެމްއެންޔަށް ބަދަލުކުރުމުން އެ ގެއްލެނީ އެތައް ކިލާސްރޫމުގެ ޖާގަ..މީގެ ސަބަބުން 1000 ކުދިންނަށް އަސަރުކުރަނީ.. ދަރުމަވަންތަ ހޮސްޕިޓަލްގައި ކިލާސްރަުމްތައް އެޅީވެސް އެއްއެންޔޫގަ ޖާގަ ނެތީމަ... ޔާމިން ސަރުކާރުގައި