Advertisement

ދިރާގުގެ އެހީއާއެކު ކުރިޔަށްގެންދިޔަ "ޔަންގް ފިޝާސް ކްލަބް" ނިންމާލައިފި

3 މާރިޗު 2024 - 11:03 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދިރާގުގެ އެހީއާއެކު ކުރިޔަށްގެންދިޔަ "ޔަންގް ފިޝާސް ކްލަބް" ނިންމާލުން -- ފޮޓޯ: ދިރާގު


ދިރާގުގެ އެހީއާއެކު ކުރިޔަށްގެންދިޔަ "ޔަންގް ފިޝާސް ކްލަބް" ނިންމާލައިފި

3 މާރިޗު 2024 - 11:03 0

ދިރާގުގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމިއްޔާއިން ހއ. އިހަވަންދޫގައި ކުރިއަށްގެންދިޔަ "ޔަންގް ފިޝާސް ކްލަބް" ނިންމާލައިފި އެވެ.

އިހަވަންދޫ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސްކޫލްގެ 25 އަންހެން ދަރިވަރުންނާއި 10 ފިރިހެން ދަރިވަރުން ހިމެނޭ ގޮތަށް ޖުމްލަ 35 ދަރިވަރުން ވަނީ މި ޕްރޮގްރާމުން ދަސްވެނިވެފަ އެވެ.

ދިރާގުން ބުނީ މި ޕްރޮގްރާމް މެދުވެރިކޮށް މަސްވެރިކަމާއި ކަނޑުގެ މާހައުލާއި ދެމެހެއްޓެނިވި އާދަކާދަތައް ދަރިވަރުންނަށް ތައާރަފްކޮށް އަސާސީ މައުލޫމާތު ފޯރުކޮށްދީ، އެ އާދަތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ދަސްކޮށްދިން ކަމަށެވެ.

މީގެ އިތުރުން ފެތުމާއި ސްނޯކްލިން އަދި އިސްނެގުމާއި އެކުގައި މަސައްކަތް ކުރުން ފަދަ ދިރިއުޅުމުގެ ހުނަރުތަކާ ގުޅޭ މުހިންމު ދާއިރާތަކަށް ވެސް މި ޕްރޮގްރާމުގައި އަލިއަޅުވާލާފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޝާކިރު މުހައްމަދު ވިދާޅުވީ މި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަކީ މުސްތަގުބަލުގައި ސްކޫލްތަކުގައި ހިންގާ ޔަންގް ފިޝާސް ކްލަބްގެ ހަރަކާތްތަކުގައި ލީޑަރުންގެ ގޮތުގައި ފެނިގެންދާނެ ދަރިވަރުން ކަމަށް ވެގެންދިއުމަށް އުންމީދުކުރާ ކަމަށެވެ.

އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ރަޝީދު ވިދާޅުވީ ތިމާވެއްޓާއި މަސްވެރިކަމާއި ކަނޑުފަޅާއި އޮޔާއި ވައިގެ އަސަރުތައް ދަރިވަރުންނަށް ޕްރޮގްރާމް މެދުވެރިކޮށް ތަޖުރިބާ ކުރެވުނު ކަމަށާއި ނަތީޖާއެއްގެ ގޮތުން ސްކޫލް ކަރިކިއުލަމް ތަންފީޒް ކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދިޔަ ކަމަށެވެ.

"ތިމާވެއްޓާއި ކަނޑުތައް ހިމާޔަތް ކުރުމަށްޓަކައި މުރަކަ އިންދާ ހައްދާނެ ގޮތާއި ފަރުތައް ހިމާޔަތްކުރުމާއި ގުދުރަތީ ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުންކުރާނެ ގޮތްތަކާ މެދު ކުދިންގެ ޝައުގުވެރިކަން އުފެދުނު،" އަހްމަދު ރަޝީދު ވިދާޅުވި އެވެ.

ދިރާގުގެ ކުޅުދުއްފުށީ އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖަރު އަބްދުالله ސާދިގު ވިދާޅުވީ މި ޕްރޮގްރާމުން ދަސްވެނިވި 35 ދަރިވަރުންގެ ތެރެއިން 25 ދަރިވަރުންނަކީ އަންހެން ކުދިންނަށް ވުމުން ފަހުރުވެރިވާ ކަމަށާއި، މިއީ ޕްރޮގްރާމުން ދެ މިންތިއަށް އިސްކަންދޭކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށެވެ.

ޒުވާނުން ކުރިއަރުވާ ބާރުވެރިކުރުވާ ތިމާވެށި ހިމާޔާތްކުރުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގައި ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދޭ ދާއިރާތަކެއް ކަމަށާއި، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަނޑުތައް ހިމާޔަތްކުރުމާއި ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކަށް އެއްބާރުލުން ދިނުމަށް ކަމަށް ދިރާގުން ބުނެ އެވެ.