Advertisement

"ގާލްސް ޓު ކޯޑް" ދިއްދޫ ޕްރޮގްރާމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި


"ގާލްސް ޓު ކޯޑް" ދިއްދޫ ޕްރޮގްރާމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ފަސްވަނަ "ގާލްސް ޓު ކޯޑް" ގެ ފަސްވަނަ ޕްރޮގްރާމް ހއ. ދިއްދޫގައި ބޭއްވުމަށް ރަޖިސްޓްރޭޝަންއަށް ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ އަންހެން ކުދިންނަށް މިއަހަރުގެ ޕްރޮގްރާމަށް މެއި، 28 ގެ ކުރިން އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ޕްރޮގްރާމްގެ ކްލާސްތައް ކުރިއަށް ދާނީ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށެވެ.

އުމުރުން 10 އަހަރާއި 13 އަހަރާ ދެމެދުގެ މިޑްލް އަދި ސެކަންޑަރީ ސްކޫލް ލެވެލްގެ އަންހެން ކުދިންނަށް ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމް ހުށަހެޅޭނެ ކަމަށާއި، މީގެ ކުރިން ކޯޑިންގެ މައުލޫމާތު ނެތް ބައިވެރިންނަށް އިސްކަން ދޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ "އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ" އާ ދިމާކޮށް، ހޭލުންތެރިކަން އިތުރުކޮށް ބައިވެރިވުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.

ގާލްސް ޓު ކޯޑް ޕްރޮގަރާމަކީ ދިރާގާއި ވިމެން ޓެކް މޯލްޑިވްސް އިސްނަގައިގެން، އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށް ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.

"މީގެ މައިގަނޑު މަގްސަދަކީ އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އުފައްދައި، ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން،" ދިރާގުން ބުނެ އެވެ.

މިގޮތުން ޕްރޮގްރާމްގެ ބައިވެރިންނަށް ކޯޑިންގް އާއި ޑިޖިޓަލް ހުނަރުތައް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ އިތުރުން، ރަށްރަށުގެ މުޖުތަމައުތަކުގެ މެދުގައި މިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު އަމާޒެއް ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ކޯޑިންގެ އިލްމާއި، އެ އިލްމް ބޭނުންކުރާނެ ގޮތާއި، ވެބްޕޭޖް އަދި މިނީ ގޭމް ފަދަ ތަފާތު ޓެކްނޮލޮޖީ ހައްލުތައް ފަރުމާކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށެވެ.