Advertisement

ރަޝިއާގެ އިދިކޮޅު ލީޑަރު ނަވަލްނީގެ ޖަނާޒާ މޮސްކޯގައި ބާއްވައިފި

3 މާރިޗު 2024 - 05:46 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރަޝިއާގެ އިދިކޮޅު ލީޑަރު ނަވަލްނީގެ ޖަނާޒާގެ ތެރެއިން -- ފޮޓޯ: އޭޕީ


ރަޝިއާގެ އިދިކޮޅު ލީޑަރު ނަވަލްނީގެ ޖަނާޒާ މޮސްކޯގައި ބާއްވައިފި

3 މާރިޗު 2024 - 05:46 0

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ ޖަނާޒާ މޮސްކޯގައި އިއްޔެ ބާއްވައިފި އެވެ.

ދެ މައްސަލައެއްގައި 28 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުން ގެންދިޔަ ނަވަލްނީ މަރުވީ ފެބްރުއަރީ 16، ގައި ރަޝިއާގެ ޖަލެއްގަ އެވެ.

އުމުރުން 47 އަހަރުގެ ނަވަލްނީގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާއިރު، ޖަނާޒާގައި ބައިވެރިވި މީހުން ވަނީ އޭނާއަށް އިންސާފު ލިބެން ޖެހޭ ކަމަށް ބުނެ އަޑުވެސް އުފުލައިފަ އެވެ.

ނަވަލްނީގެ ގަބުރު ރަޝިއާ ސަރުކާރުން އާއިލާއާ ހަވާލުކުރީ، މަރުވި ކަމަށް އެންގިތާ ހައެއްކަ ދުވަސް ފަހުންނެވެ. މިކަމާ ގުޅިގެން ބޮޑެތި ފާޑު ކިޔުންތައްވެސް އަމާޒުވި އެވެ.

ނަވަލްނީ ޖަލުގައި މަރުވީ ކުއްލިއަކަށް ކަމަށް ރަޝިއާ ސަރުކާރުން ބުނެފައިވާއިރު، އޭނާގެ އާއިލާގެ އިތުރުން ބައެއް ގައުމުތަކުން ތުހުމަތު ކުރަނީ ރަޝިއާ ސަރުކާރުން އޭނާ މަރާލީ ކަމަށެވެ.

ރަޝިއާގެ އިދިކޮޅު ލީޑަރު ނަވަލްނީގެ ޖަނާޒާގެ ތެރެއިން -- ފޮޓޯ: އޭޕީ


ނަވަލްނީގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރުގެ އޯގަސްޓް މަހު އިއްވާފައި ވަނީ ހަރުކަށި ފިކުރާ ގުޅޭ ދައުވާތައް ސާބިތުވުމާ ގުޅިގެންނެވެ.

މި ހުކުމުގެ ކުރިން ނަވަލްނީ ދިޔައީ ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި ނުވަ އަހަރުގެ ޖަލު ހުކުމެއް ވެސް ތަންފީޒު ކުރައްވަމުންނެވެ.

ރަޝިއާ ސަރުކާރާއި އެ ގައުމުގެ ރައީސް ލެޑިމިއާ ޕުޓިންއަށް ފާޅުގައި ފާޑު ކިޔާ މީހެއް ގޮތުގައި މަޝްހޫރު ނަވަލްނީ އެންމެ ފަހުން ހައްޔަރުކުރީ 2021 ގައި ރަޝިއާއަށް ދިޔުމުންނެވެ.