Advertisement

މެދު ރާއްޖެތެރެއަށް ޔެލޯ އެލާޓު؛ ބޯކޮށް ވާރޭ ވެހޭނެ!

2 މާރިޗު 2024 - 06:18 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރާއްޖެ މަތީގައި އުފެދިފައިވާ ވިއްސާރަ ވިލާތަކުގެ ސެޓްލައިޓު ފޮޓޯއެއް. -- ފޮޓޯ: މެޓު އޮފީސް


މެދު ރާއްޖެތެރެއަށް ޔެލޯ އެލާޓު؛ ބޯކޮށް ވާރޭ ވެހޭނެ!

2 މާރިޗު 2024 - 06:18 0

މާލޭ ސަރަހައްދު ހިމެނޭ ގޮތަށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ޔެލޯ އެލާޓު ނެރެފި އެވެ.

ރޭ މެންދަމު ލެޔޯ އެލާޓު ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން އ. އަތޮޅަށެވެ. އެ އެލާޓުގެ ވަގުތަކީ މެންދަމު 3:15 އިން ފެށިގެން ހެނދުނު 7:30 އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނީ ޔެލޯ އެލާޓުގެ ވަގުތުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރެ ވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައި ބާރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރޭ ދަންވަރުން ފެށިގެން ފަތިސް ވަންދެން މާލެއަށް ވާރޭ ވެހުނެވެ. މިހާރު ވެސް އުޑުމަތި އޮތީ ބަނަކޮށެވެ.