Advertisement

ޗައިނާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ލައްކައެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް

23 އޭޕްރީލް 2024 - 22:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޗައިނާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ލައްކައެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް

23 އޭޕްރީލް 2024 - 22:21 0

ޗައިނާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، ލައްކައަކަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި އެވެ.

ވިއްސާރައިގެ ސަބަބުން ޗައިނާގެ ގުއާންގްޑޮންގްއަށް އިއްޔެ އެންމެ މަތީ އެލާޓް ނެރެފައިވާއިރު، ފެންބޮޑުވެގެން މިހާތަނަށް ހަތަރު މީހުން ވަނީ މަރުވެފަ އެވެ. އަދި 10 މީހަކު ގެއްލިގެން އަންނަނީ ހޯދަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފެންބޮޑުވުމާ ގުޅިގެން މިހާތަނަށް 110،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު، 25،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ވަގުތީ ހިޔާވެހިކަން ދީފަ އެވެ.

އޭގެއިތުރުން ފެންބޮޑުވުމުގެ ސަބަބުން އެކި ސަރަހައްދުތަކުގެ ގެތައް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޗައިނާގެ ގުއާންޒޯއަށް މި ހިނގާ އެޕްރިލް މަހު އެކަނި 609 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. އެގޮތުން މި މަހަކީ ގުއަންޒޯއަށް އެންމެ ގިނައިން ވަރޭ ވެހުނު މަހެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެންމެ ގިނައިން މިދިޔަ އަހަރު އަސަރު ކޮށްފައި ވަނީ އޭޝިއާ ސަރަހައްދަށް ކަމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ވަނީ ބުނެފަ އެވެ.