Advertisement

ވެމްކޯއަށް ކުނި އުކާލާ އުޅަނދުތަކުން ނަގާ ފީ ކުޑަކޮށްފި

1 މާރިޗު 2024 - 11:00 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ވެމްކޯގެ އުފުއްޔަށް ޕިކަޕަކުން ކުނި ހުސްކުރަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު


ވެމްކޯއަށް ކުނި އުކާލާ އުޅަނދުތަކުން ނަގާ ފީ ކުޑަކޮށްފި

1 މާރިޗު 2024 - 11:00 0

މާލެ ސަރަހައްދުން ކުނި އުކާލަން ދާ އާންމުންގެ އުޅަނދުތަކުން ފީއެއްގެ ގޮތުގައި މިއަދުން ފެށިގެން ޓަނަކަށް 750ރ. ގެ މަގުން ޗާޖު ކުރަން ވެމްކޯއިން ނިންމައިފި އެވެ.

ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ކުނި އުކާލަންދާ އާންމުންގެ އުޅަނދުތަކުން ނަގާ ފީ ހެޔޮ ކުރުމާއެކު މި ސަރަހައްދުގައި ކުނި އުކާލުމަށް ވެމްކޯގެ ފެސިލިޓީތަކަށް ވަންނަ ކޮންމެ އުޅަނދަކުން 150ރ. ޗާޖު ކުރާނެ ކަމަށެވެ.

މީގެ ކުރިން ވެމްކޯއަށް ކުނި އުކާލުމަށް ދާ އުޅަނދުތަކުގެ ޓަނަކަށް ޗާޖު ކުރަމުންދިޔައީ 1060ރ. އެވެ.

މިއަދު ގެނެވުނު ބަދަލުތަކާއެކު ވެއި ބުރިޖު ގާއިމު ކޮށްފައިވާ ވެމްކޯގެ ފެސިލިޓީތަކަށް ކުނި އުކާލަންދާ އުޅަނދުތަކުން ގެންދާ ކުނީގެ ބަރުދަނަށް ބަލައި ޓަނަކަށް 750ރ. ޗާޖު ކުރާނެ ކަމަށް ވެމްކޯއިން ބުނެ އެވެ.

ނަމަވެސް އެ ފެސިލިޓީތަކަށް ކުނި އުކާލަންދާ ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގެންދާ ކުނީގެ ބަރުދަނަށް ބަލައި ޓަނަކަށް 2،660ރ. ޗާޖު ކުރާނެ ކަމަށް ވެސް ވެމްކޯގެ އިއުލާނުގައި ބުނެފައިވެ އެވެ.