Advertisement

ބީއެމްއެލް ސްމޯލް ގްރާންޓުން ކިހާދޫއަށް ހައިޑްރޯޕޯނިކްސް ސިސްޓަމެއް

1 މާރިޗު 2024 - 10:09 1

ލީވާން އަލީ ނާސިރު

ލ

Advertisement

ބީއެމްއެލް ސްމޯލް ގްރާންޓުން ކިހާދޫއަށް ހައިޑްރޯޕޯނިކް ސިސްޓަމެއް ގާއިމުކުރުން -- ފޮޓޯ: ބީއެމްއެލް


ބީއެމްއެލް ސްމޯލް ގްރާންޓުން ކިހާދޫއަށް ހައިޑްރޯޕޯނިކްސް ސިސްޓަމެއް

1 މާރިޗު 2024 - 10:09 1

Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްމޯލް ގްރާންޓް ފަންޑުގެ އެހީއާއެކު ބ. ކިހާދޫގައި ގްރީންހައުސް ހައިޑްރޯޕޯނިކްސް ސިސްޓަމެއް ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް) އިން ގާއިމްކޮށްފި އެވެ.

ދިރާގުން ބުނީ މި ޕްރޮޖެކްޓުގެ ދަށުން ކިއުކަމްބާ އަދި ލެޓިއުސް ހެއްދުމަށް ހަތަރު ހައިޑްރޯޕޯނިކްސް ސިސްޓަމް ވަނީ ގާއިމްކޮށްފަ އެވެ.

Advertisement

ޖުމުލަ 180 ސްލޮޓް ހިމެނޭ މި ސިސްޓަމްތަކުން އެއްފަހަރާ 700 އަށްވުރެ ގިނަ ގަސްހެއްދޭ ކަމަށާއި، ޕްރޮޖެކްޓުން ލިބޭ އާމްދަނީ ބޭނުންކުރަމަށް ހަމަޖެހިފައިވަނީ ޖަމިއްޔާގެ ހަރަކާތްތަކަށް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް ސްމޯލް ގްރާންޓުން ކިހާދޫއަށް ހައިޑްރޯޕޯނިކް ސިސްޓަމެއް ގާއިމުކުރުން -- ފޮޓޯ: ބީއެމްއެލް


Advertisement

ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީއާ ގުޅިގެން ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ދަނޑުވެރިކަމާއި ހައިޑްރޯފޮނިކްސް އާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް ޓްރެއިންގް ސެޝަންތަކެއް ވެސް ބާއްވާފަ އެވެ.

ބީއެމްއެލްގެ އަހަރީ ދުވަހާ ގުޅުވައި ތައާރަފްކުރި މި ގްރާންޓް ފަންޑަކީ ތިމާވެށްޓާއި ގުޅޭ އެކި މައްސަލަތަކަށް ހައްލުކޮށް ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެށީގެ ކަންކަމާ ގުޅޭ ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރި ފަންޑެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. .

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ހރގނޑ2023

about 1 year ago

ދެވަނަ ޕެރެގްރާފްގަ ދިރާގުގެ ވާހަކަ އައިސްފައި އެއޮތީ ކޮން ދިމާލަކުންތޯ؟؟ ދިރާގުން ބުނީ މި ޕްރޮޖެކްޓުގެ ދަށުން ކިއުކަމްބާ އަދި ލެޓިއުސް ހެއްދުމަށް ހަތަރު ހައިޑްރޯޕޯނިކްސް ސިސްޓަމް ވަނީ ގާއިމްކޮށްފަ އެވެ.