Advertisement

ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރަން ސިއްހީ ހާލަތު ތަންދޭ: ބައިޑެން

1 މާރިޗު 2024 - 09:25 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމެރިކާގެ ރައީސް ޖޯ ބައިޑެން -- ފޮޓޯ؛ ގެޓީ


ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރަން ސިއްހީ ހާލަތު ތަންދޭ: ބައިޑެން

1 މާރިޗު 2024 - 09:25 0

ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ސިއްހީ ހާލަތު ތަންދޭ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

އުމުރުން 81 އަހަރުގެ ބައިޑެން ވިދާޅުވީ އެންމެ ފަހުން ހެދި ޓެސްޓުތަކުން ވެސް ސިއްހީ އިތުރު މައްސަލައެއް ހުރި ކަމަށް ފާހަގަ ނުކުރެވޭ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށާއި، ރައީސްކަމުގެ ޒިންމާ އަދާ ކުރެއްވޭނެ ކަމަށެވެ.

މިދިޔަ އަހަރު ފެބްރުއަރީގައި ބައިޑެން މެޑިކަލް ފުރިހަމަ ކުރައްވާފައި ވާއިރު، މިފަހަރުގެ ނަތީޖާ ކުރީގެ ނަތީޖާއާ އަޅާ ބަލާއިރު ތަފާތެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

"އަހަރެން ބުނާ އެއްޗެހި ހަނދާން ހުރޭ. އަހަރެންނަށް އަހަރެން ކުރާ ކަންކަން އެނގޭ. އަހަރެން ކުރާ ކޮންމެ ކަމެއްގައިވެސް އިސް ކުރާނީ ގައުމު" ބައިޑެން ވިދާޅުވި އެވެ.

ވައިޓްހައުސްގެ ފިޒީޝަން ޑރ.ކެވިން އޯކޯނޯ ވިދާޅުވީ ބައިޑެންއަށް ރައީސްކަމުގެ ޒިންމާ އަދާ ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ނަމަވެސް ބައިޑެން ބައެއް ސިއްހީ މައްސަލަތަކަށް ފަރުވާ ހޯއްދަވަމުން އަންނައިރު، އޭގެ ތެރޭގައި ސިއްހަތަށް ނުރައްކާވާފަދަ ބައްޔެއް ނުހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަންނަ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ އިންތިހާބުގައި ވާދަކުރައްވާނެކަން ބައިޑެން ވަނީ އިއުލާން ކުރައްވާފަ އެވެ. މިއާއެކު، އިދިކޮޅުން ވަނީ ބައިޑެން ދެވަނަ ދައުރަކަށް ކުރިމަތިލާން ސިއްހީ ހާލަތު ތަން ނުދޭ ކަމަށް ބުނެފަ އެވެ.