Advertisement

މޭޔަރު އާޒިމްގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން މިރޭ ބާއްވަނީ

29 ފެބުރުވަރީ 2024 - 10:43 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގެތެރެއިން: މިރޭ ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ލޮނުޒިޔާރަތް ޕާކުގައި -- ފޮޓޯ: ސިޓީ ކައުންސިލް


މޭޔަރު އާޒިމްގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން މިރޭ ބާއްވަނީ

29 ފެބުރުވަރީ 2024 - 10:43 0

މާލެ ސިޓީ ކައުންސިލުގެ އާ މޭޔަރު އާދަމް އާޒިމްއާ އެކު ބާއްވާ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން މިރޭ ބާއްވަން ނިންމައިފި އެވެ.

މި ބައްދަލުވުމަކީ މާލެ ސިޓީގައި ހުރި އެކި ކަންކަމާ ގުޅޭ ގޮތުން އާންމުންނަށް، މޭޔަރާ ސުވާލުކޮށް، ކަންބޮޑުވުން ފާޅުކޮށް އަދި ހިޔާލު ހުށަހެޅޭ ގޮތަށް ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުން ބޭއްވުމަށް ލާމަރުކަޒީ ގާނޫނުން ކޮންމެ ކައުންސިލަކަށް ވެސް ލާޒިމްކުރެ އެވެ.

މިރޭގެ ރައްޔިތުންގެ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މިރޭ 20:30 ގައި ލޮނުޒިޔާރަތް ޕާކުގަ އެވެ. މި ބައްދަލުވުމުގައި މާލެ ސިޓީގެ، ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ސިޓީ ކައުންސިލުން އެދެ އެވެ.

އާންމުންގެ ސުވާލުތަކާއި، ކަންބޮޑުވުންތައް އެހުމުގެ އިތުރުން، މި ބައްދަލުވުމުގައި ސިޓީ ކައުންސިލުގެ އެކި މަސައްކަތްތަކުގެ މައުލޫމާތު ވެސް ދޭނެ އެވެ.