Advertisement

ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވޯކް އެވޯޑް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ދިރާގަށް

28 ފެބުރުވަރީ 2024 - 18:23 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކް އެވޯޑް ދިރާގަށް ލިބުން -- ފޮޓޯ: ދިރާގު


ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވޯކް އެވޯޑް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ދިރާގަށް

28 ފެބުރުވަރީ 2024 - 18:23 0

"އޫކްލާ" އިން ހޮވި ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވޯކް އެވޯޑު ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ދިރާގަށް ލިބިއްޖެ އެވެ.

ދިރާގުން ބުނީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުން ފެށިގެން ހަތަރު ވަނަ ކުއާޓަރުގެ ޕަފޯމަންސަށް ބަލާ، މި ލިބުނު އެވޯޑަކީ އެ ކުންފުންޏަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.

ސްޕެއިންގެ ބާސެލޯނާގައި ކުރިޔަށްދާ މޯބައިލް ވޯލްޑް ކޮންގްރެސްގައި މި އެވޯޑާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ.

އޫކްލާގެ ނެޓްވޯކް ޓެސްޓިންގް ޕްލެޓްފޯމް ކަމަށްވާ ސްޕީޑްޓެސްޓްއިން ދުވާލެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނެޓްވޯކްތަކުގެ ފެންވަރު ބަލާ، އެތައް ސަތޭކަ މިލިއަން ޑޭޓާ އެއްކޮށް ދިރާސާކުރެ އެވެ.

އެގޮތުން އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރީޕޯޓުން ދައްކާގޮތުގައި ދިރާގުން ވަނީ މިދިޔަ އަހަރުގެ ތިންވަނަ އަދި ހަތަރު ވަނަ ކުއާޓަރުގައި އެންމެ ހަލުވި މޮބައިލް ސްޕީޑްގެ ލަގަބު ދިރާގުން ވަނީ ހޯދާފަ އެވެ.

ދިރާގުގެ އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ މި އެވޯޑު ދިރާގަށް ލިބުމުން ދައްކުވައިދެނީ އެންމެ ފުރިހަމަ ހިދުމަތާއި ފެންވަރު ރަނގަޅު ތަޖުރިބާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތް ކަމަށެވެ.

"ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގައި ދިރާގާއެކު ދެމިތިއްބެވިކަމަށްޓަކައި ދިރާގު ކަސްޓަމަރުންނަށް މަރުހަބާ ކިޔަން އަދި ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

"ސްޕީޑްޓެސްޓްގެ ތަފްސީލީ ދިރާސާއެއް ހެދުމަށްފަހު، ދިރާގަށް ވަނީ އޫކްލާ ސްޕީޑްޓެސްޓް އެވޯޑްސްއިން ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑް ލިބިފައި"

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން ހިދުމަތް ފޯރުކޮށްދޭ ދިރާގުން ރާއްޖޭގެ 187 ރަށެއްގައި 100 ޕަސަންޓު މޮބައިލް 4ޖީ ކަވަރޭޖް ފޯރުކޮށްދެ އެވެ. މީގެ އިތުރުން 5ޖީގެ ހިދުމަތް އާބާދީގެ 50 އިންސައްތައަށްވެސް ފޯރުކޮށްދެ އެވެ.

ދިރާގުގެ 35 ވަނަ އަހަރު ފާހަގަކުރަމުންދާއިރު އެ ކުންފުނިން ދަނީ ރާއްޖޭގައި ރަނގަޅު ފެންވަރުގެ މުވާސަލާތީ ހިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އަދި މިހާރު ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ބޮޑެތި އިންވެސްޓްމަންޓުތަކެއް ކުރަމުންނެވެ.