Advertisement

މަޖިލިސް މެންބަރުން ނުހިމަނައި، ޖުޑިޝަރީއާއި ކައުންސިލަރުންނާއި އެހެން މުއައްސަސާތަކުގެ މުސާރަ ބޮޑުކޮށްފި

28 ފެބުރުވަރީ 2024 - 15:16 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންތަކެއް: މުއައްސަސާތަކުގެ ވެރިންގެ މުސާރަ ބޮޑުކޮށްފި - ފޮޓޯ: މަޖިލިސް


މަޖިލިސް މެންބަރުން ނުހިމަނައި، ޖުޑިޝަރީއާއި ކައުންސިލަރުންނާއި އެހެން މުއައްސަސާތަކުގެ މުސާރަ ބޮޑުކޮށްފި

28 ފެބުރުވަރީ 2024 - 15:16 1

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުނުކޮށް، ފަނޑިޔާރުންނާއި، ލޯކަލް ކައުންސިލަރުންނާއި އެހެން ބައެއް މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ ބޮޑު ކުރަން ފާސްކޮށްފި އެވެ.

އެ މުއައްސަސާތަކުގެ މުސާރަތައް ބޮޑުކުރާ ގޮތަށް މަޖިލީހުގެ މާލިއްުޔަތު ކޮމިޓީން އެކުލަވައިލި ރިޕޯޓް މަޖިލީހުން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި 49 މެމްބަރުން ވޯޓުދެއްވައިގެންނެވެ. ރިޕޯޓް ފާސްކުރުމާ ދެކޮަޅަަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

މުސާރަތަކަށް ގެނައި ބަދަލުތަކަކީ؛

  • އުއްތަމަ ފަނޑިޔާރުގެ މުސާރަ 91،000 ރ.
    • ސުޕްރީމް ކޯޓުގެ ފަނޑިޔާރުން 89،000 ރ.
    • ހައި ކޯޓު އިސް ފަނޑިޔާރުގެ މުސާރަ 70،000 ރ.
    • ހައި ކޯޓު ފަނޑިޔާރުންގެ މުސާރަ 68،000 ރ.
    • ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު، ފެމިލީ ކޯޓު، ސިވިލް ކޯޓު، ޖުވެނައިލް ކޯޓުގެ އިސް ގާޒީ މުސާރަ 62،000 ރ.
    • ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު، ފެމިލީ ކޯޓު، ސިވިލް ކޯޓު، ޖުވެނައިލް ކޯޓުގެ ގާޒީންގެ މުސާރަ 60،000 ރ.
    • ދާއިރާގެ އިސް މެޖިސްޓްރޭޓުންގެ މުސާރަ 43،000 ރ.
    • މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ މުސާރަ 41،000 ރ.
    • ސިޓީތަކުގެ މޭޔަރުންގެ މުސާރަ 46،000 ރ.
    • ސިޓީތަކުގެ ޑެޕިއުޓީ މޭޔަރުންގެ މުސާރަ 40،500 ރ.
    • އަތޮޅު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ 33،000 ރ.
    • ސިޓީ ކައުުންސިލަރުންގެ މުސާރަ 35،000 ރ.
    • ރަށު ކައުުންސިލްތަކުގެ ރައީސުންގެ މުސާރަ 25،500 ރ.
    • ރަށު ކައުުންސިލަރުންގެ މުސާރަ 18،000 ރ.
    • އެމްއެމްއޭގެ ގަވަރުނަރުގެ މުސާރަ 74،000 ރ.
    • އޮޑިޓަ ޖެނެރަލްގެ މުސާރަ 74،000 ރ.
    • ޕްރޮސެކިއުޓަ ޖެނެރަލްގެ މުސާރަ 74،000 ރ.
    • ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މުސާރަ 74،000 ރ.
    • އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މުސާރަ 55،000 ރ.
    • ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މުސާރަ 55،000 ރ.
    • މިނިވަން މުއައްސަސާތަކުގެ ރައީސުންގެ މުސާރަ 59،000 ރ.
    • މިނިވަން މުއައްސަސާތަކުގެ ނައިބު ރައީސުންގެ މުސާރަ 55،000 ރ.
    • މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ 48،000 ރ.
    • ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްގެ މުސާރަ 41،000 ރ.
    • ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ނައިބު ރައީސްގެ މުސާރަ 31،000 ރ.
    • ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުން 12،000 ރ.
    • ޗިލްޑްރަން އޮމްބަޑްޕާސަންގެ މުސާރަ 41،000 ރ.