Advertisement

ކާބޯތަކެތީގެ ބަދަލުގައި އުތުރު ކޮރެއާއިން ރަޝިއާއަށް ހަތިޔާރު ފޮނުވައިފި

28 ފެބުރުވަރީ 2024 - 17:52 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރަޝިއާގެ ރައީސް ލެޑިމިއާ ޕުޓިން (ކ) އަދި އުތުރު ކޮރެއާގެ ރައީސް ކިން ޖޮންގް އުން (ވ) -- ފޮޓޯ: އޭޕީ


ކާބޯތަކެތީގެ ބަދަލުގައި އުތުރު ކޮރެއާއިން ރަޝިއާއަށް ހަތިޔާރު ފޮނުވައިފި

28 ފެބުރުވަރީ 2024 - 17:52 0

ކާބޯތަކެތީގެ ބަދަލުގައި އުތުރު ކޮރެއާއިން ރަޝިއާއަށް ހަތިޔާރު ފޮނުވި ކަމަށް ދެކުނު ކޮރެއާއިން އިއްޔެ ތުހުމަތުކޮށްފި އެވެ.

ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓަރު ޝިން ވޮންސިކް ވިދާޅުވީ އުތުރު ކޮރެއާއިން ރަޝިއާއަށް ފޮނުވި ކޮންޓެއިނަރުތަކުގައި ތިން މިލިއަނަށްވުރެ ގިނަ ހަތިޔާރުތައް ހިމެނޭ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ކާބޯތަކެތީގެ ބަދަލުގައި އުތުރު ކޮރެއާއިން ރަޝިއާއަށް އެކި ބާވަތުގެ ހަތިޔާރު ފޮނުވަމުން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އުތުރު ކޮރެއާއިން ހަތިޔާރުން ފުރިފައިވާ 6،700 ކޮންޓެއިނަރު ރަޝިއާއަށް ފޮނުވާފައިވޭ. އޭގެ ތެރޭގައި އެކި ވައްތަރުގެ ބަޑި އާއި ވަޒަންވެސް ހިމެނޭ" ވޮންސިކް ވިދާޅުވި އެވެ.

މީގެ އިތުރުން ހަތިޔާރު އުފެއްދުމަށް ބޭނުންވާ ބައެއް ސާމާނު ރަޝިއާއިން އުތުރު ކޮރެއާއަށް ފޯރުކޮށްދީފައިވާ ކަމަށް ވެސް ދެކުނު ކޮރެއާއިން ތުހުމަތުކޮށްފައިވެ އެވެ.

އުތުރު ކޮރެއާއިން ރަޝިއާއަށް ހަތިޔާރު ފޮނުވާ ކަމަށް ދެކުނު ކޮރެއާގެ އިތުރުން އެމެރިކާއިން ވެސް ތުހުމަތު ކުރެ އެވެ. ނަމަވެސް މިކަން ރަޝިއާ އާއި އުތުރު ކޮރެއާއިން ދޮގު ކުރެ އެވެ.

ރަޝިއާއަށް އުތުރު ކޮރެއާއިން ހަތިޔާރު ފޮނުވާފައި މިވަނީ ރަޝިއާ އާއި ޔުކްރެއިންއާ ދެމެދު ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މި ހަނގުރާމައާ ގުޅިގެން ހުޅަނގުގެ ގިނަ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް ފިޔަވަޅުއަޅާފައިވެ އެވެ. އުތުރު ކޮރެއާއަކީ އޭގެ މާ ކުރިން ފެށިގެން، ނިއުކްލިއާ ހަތިޔާރު އުފައްދާ މައްސަލައިގައި، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ގައުމެކެވެ.