Advertisement

ޖަޕާނުގައި ކައިވެނީގެ އަދަދު ފުރަތަމަ ފަހަރަށް ފަސް ލައްކަ އަށް ވުރެ ދަށަށް

28 ފެބުރުވަރީ 2024 - 06:53 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޖަޕާނުގެ އާއިލާއެއް މަގުމަތިން ހިނގާފައި ދަނީ -- ފޮޓޯ: އޭޕީ


ޖަޕާނުގައި ކައިވެނީގެ އަދަދު ފުރަތަމަ ފަހަރަށް ފަސް ލައްކަ އަށް ވުރެ ދަށަށް

28 ފެބުރުވަރީ 2024 - 06:53 0

ޖަޕާނުގައި ކައިވެނީގެ އަދަދު ފުރަތަމަ ފަހަރަށް ފަސް ލައްކަ އަށް ވުރެ ދަށަށް ވެއްޓި، ކަންބޮޑުވުން އިތުރުވެއްޖެ އެވެ.

ޖަޕާން ސަރުކާރުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 489,281 ކައިވެނި ކުރިއިރު، މިއީ ފާއިތުވެދިޔަ 90 އަހަރު ތެރޭގައި އެ ގައުމުގައި އަހަރެއް ތެރޭގައި ކައިވެނި ކުރި މީހުންގެ އަދަދު ފަސް ލައްކައަށްވުރެ ދަށަށްދިޔަ ފުރަތަމަ ފަހަރެވެ.

އާބާދީ މަދުވުމުގެ ކަންބޮޑުވުން ވެސް އިންތިހާ އަށް އޮތް ޖަޕާނުގައި މިދިޔަ އަހަރު އުފަންވީ 758،631 ކުދިންނެވެ. މިއީ އުފަންވާ ކުދިންގެ އަދަދު ޖެހިޖެހިގެން ދަށަށް ދިޔަ އަށް ވަނަ އަހަރެވެ.

ޖަޕާނު ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ އެ ގައުމުގައި އުފަންވާ ކުދިންގެ އަދަދު މަދުވުމަށް ހައްލު ގެނައުމަށް ސަރުކާރުން ކުރިޔަށް އޮތް ދުވަސްތަކުގައި ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އަލަށް އުފަންވާ ކުދިންގެ އަދަދު ހުރީ ކަންބޮޑުވާ މިންވަރެއްގައި. 2030 ގެ ނިޔަލަށް މިކަން ހައްލު ނުކުރެވެންޏާ ޒުވާނުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެގެން ދާނެ ކަމަށް ބެލެވޭ" ޖަޕާނުގެ ޗީފް ކެބިނެޓް ސެކެޓްރީ ވިދާޅުވި އެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް ޕޮޕިއުލޭޝަން އެންޑް ސޯޝަލް ސެކިއުރިޓީ ރިސާޗުން ބުނީ ޖަޕާނުގެ އާބާދީ 2070 ވަނަ އަހަރުގެ ނިޔަލަށް 30 ޕަސެންޓު ދަށްވެ، 87 މިލިއަން މީހުންނަށް ވެއްޓިގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ޖަޕާނުގެ އާބާދީ މިވަގުތު ހުރީ 122.8 މިލިއަނުގައި ކަމަށްވާއިރު، އެ ގައުމުގެ އާބާދީ 2010 ގައި ހުރީ 128.1 މިލިއަނުގަ އެވެ. ނަމަވެސް އަހަރަކަށްވުރެ އަހަރެއް އާބާދީ ވަނީ މަދުވެގެން ގޮސްފަ އެވެ.