Advertisement

ޖަޕާން ސަރުކާރުން އެންޑީއެމްއޭއަށް ހަތަރު މިލިއަން ޑޮލަރުގެ އެހީ ދެނީ

26 މާރިޗު 2024 - 12:44 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޖަޕާންގެ ސަފީރު އަދި އެންޑީއެމްއޭގެ ސީއީއޯ ފޮރިން މިނިސްޓްރީގައި ބޭއްވި އެހީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި. ޖަޕާން ސަރުކާރުން ޒަމާނުއްސުރެ ރާއްޖެއަށް ގިނަ އެހީތަކެއް އެކި ދާއިރާތަކުން އަންނަނީ ވަމުން ---- ފޮޓޯ: އެންޑީއެމްއޭ


ޖަޕާން ސަރުކާރުން އެންޑީއެމްއޭއަށް ހަތަރު މިލިއަން ޑޮލަރުގެ އެހީ ދެނީ

26 މާރިޗު 2024 - 12:44 0

ކާރިސާތަކަށް އިޖާބަދިނުމުގެ ގާބިލިއްޔަތުކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރަށް ހަތަރު މިލިއަން ޑޮލަރު (600 މިލިއަން ޖަޕަނީސް ޔެން) ގެ މާލީ އެހީ ފޯރުކޮށްދިނުމަށް ޖަޕާނު ސަރުކާރުން ރާއްޖޭގެ ފޮރިން މިނިސްޓްރީއާއެކު ސޮއިކޮށްފި އެވެ.

މިއީ ޖަޕާން އެއިޑްގެ "ދި އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން ރާއްޖެއަށް ވާ އެހީއެއް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެ އެވެ.

މި ޕްރޮޖެކްޓް ގެ ދަށުން ކާރިސާތަކަށް އިޖާބަދިނުމަށް ބޭނުންކުރާނެ އަލިފާން ނިއްވާނެ ހަތަރު އުޅަނދާއި ހަތަރު އަލިފާން ނިއްވާ ޕަންޕު، 264 ފެން ހިއްކާ ޕަންޕު އަދި ސްލަޖް ސަކްޝަން ޓްރަކެއް އެންޑީއެމްއޭއަށް ހަދިޔާކުރާނެ އެވެ.

އެ އަލިފާން ނިއްވާ ޕަމްޕާއި ފެން ހިއްކާ ޕަމްޕުތައް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއަށް ހަވާލުކުރަން ނިންމާފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެ އެވެ. އަދި, ފެން ހިންދާ ޕަމްޕު ފޯރުކޮށްނުދެވޭ ރާއްޖޭގެ ހުރިހާ ރަށަކަށް އެފަދަ ޕަމްޕެއް މި ޕްރޮޖެކްޓުގެ ތެރެއިން ހަވާލުކުރަން ވެސް އެ އިދާރާއިން ވަނީ ނިންމާފަ އެވެ.

އެންޑީއެމްއޭގެ އަމާޒަކީ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެން ބޮޑުވުމުގެ ކާރިސާތަކަށް އިޖާބަދިނުމުގެ ވަސީލަތްތައް ގާއިމުކުރުން ކަމަށް އެ އިދާރާއިން ބުނެ އެވެ.