Advertisement

ޖަޕާނުން 93 މިލިއަން ރުފިޔާގެ އެހީ އާއި ކަސްޓަމްސްއަށް އުޅަނދެއް!

25 މާރިޗު 2024 - 15:09 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޖަޕާނާއި ރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުންތަކުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި ޖަޕާނުގެ ސަފީރު ތެކެއުޝި މިދޮރީ ސޮއިކުރައްވަނީ - ފޮޓޯ: ފޮރިން މިނިސްޓްރީ


ޖަޕާނުން 93 މިލިއަން ރުފިޔާގެ އެހީ އާއި ކަސްޓަމްސްއަށް އުޅަނދެއް!

25 މާރިޗު 2024 - 15:09 0

ޖަޕާނުން 93 މިލިއަން ރުފިޔާގެ އެހީ އާއި ކަސްޓަމްސްއަށް ޕެޓްރޯލްކުރާ އުޅަނދެއް ދޭން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ޖަޕާނާއެކު ސޮއިކުރީ ރާއްޖޭގެ ކަސްޓަމްސްއަށް ޕެޓްރޯލްކުރާ އުޅަނދެއް ދިނުމަށް އަދި އެ އުޅަނދު އޮޕަރޭޓުކުރުމަށް ބޭނުންވާ އާލަތްތައް ހޯދުމަށް 370،000 ޑޮލަރުގެ އެހީ ދިނުމާއި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަ ކުރުމަށް 1.72 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުން އަދި ގުދުރަތީ ކާރިސާތަކުގައި ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީގެ ގާބިލުކަން އިތުރު ކުރުމަށް 3.97 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމެކެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ހަފުލާއެއްގައި މި އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތެކެއުޝި މިދޮރީ އެވެ.

ޖަޕާނުން ރާއްޖެއަށް އަބަދުވެސް ދެމުން ގެންދާ އެހީތަކަށް މިނިސްޓަރު ޒަމީރު ޝުކުރު އަދާކުރެއްވި އެވެ. އަދި ދެ ގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި ވަރުގަދަ ކުރަން މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ހަފުލާގައި ފޮރިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ އާއި ކަސްޓަމްސް އަދި ޖަޕާނު އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެފައިވެ އެވެ.