Advertisement

ޖަޕާނުގެ މަގުބޫލު ސީރީޒްތައް މީޑިއާނެޓުގެ ވީޑިއޯ ކްލަބަށް

27 ފެބުރުވަރީ 2024 - 13:31 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޖަޕާނުގެ މަގުބޫލު ސީރީޒްތައް މީޑިއާނެޓުގެ ވީޑިއޯ ކްލަބަށް

27 ފެބުރުވަރީ 2024 - 13:31 0

ޖަޕާނުގެ މަޝްހޫރު ޑްރާމާ ސީރީޒްތަކެއް މީޑިއާނެޓުގެ ވީޑިއޯ ކްލަބަށް ލައިފި އެވެ.

މީޑިއާނެޓުން ބުނީ ވީޑިއޯ ކްލަބަށް ލާފައިވާ ޖަޕާނުގެ އުފެއްދުންތަކުގައި ރީތި ވާހަކަތަކެއްގެ އިތުރުން ފުރިހަމަ މަންޒަރުތަކެއް ހިމަނާފައިވާ ކަމަށެވެ.

އެނިމޭ އާއި ޖަޕާނުގެ ސީރީޒްތައް ދިވެހިންގެ މެދުގައި މަގުބޫލު ކަމަށްވާއިރު، އޭގެ ތެރޭގައި އެއް ދުވަހުން ބަލާލެވޭ ސީރީޒްތައް ހިމަނާފައިވެ އެވެ.

ވީޑިއޯ ކްލަބަށް ލާފައިވާ ޖަޕަނީޒް ކޮންޓެންޓް:

  • ކެޕްޗާޑް ހޮސްޕިޓަލް:
  • ކައިސޭޑޯ ހޮސްޕިޓަލްގައި ހިނގާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ސީރީޒްއަކީ ޖުމްލަ 10 އެޕިސޯޑު ހިމެނޭ ސީރީޒްއެކެވެ. މި ސީރީޒްގައި ދައްކުވައިދެނީ ހަޔައްކީ ޔަގްޔޯ ކިޔާ ގޭންގެއެއް ބަރު ހަތިޔާރާއި މާސްކާއެކު ހޮސްޕިޓަލު ތެރެއަށް ވަދެ ދޭ ހަމަލާތަކަށް ފަހު ސުބަރޯ މުސަޝީ ކިޔާ ޑިޓެކްޓިވްއެއް އެ މީހުން އިންސާފުގެ ކުރިމައްޗައް ގެނައުމަށް ކުރާ މަސައްކަތެވެ. މި ސީރީޒްއަކީ އެކްޝަން އަދި ސަސްޕެންސް ކަމުދާ ފަރާތްތަކަށް ވަރަށް ކަމުދާނެ ސީރީޒްއެކެވެ.

    • އަންނޯން:

    މިދިޔަ އަހަރު ރިލީޒްކުރެވުނު މި ސީރީޒްއަކީ މުޅި ދުނިޔޭގައި ވެސް ގިނަބައެއްގެ މަގްބޫލުކަން ހޯދި ސީރީޒްއެކެވެ. ސީރީޒްގައި ދައްކައިދެނީ ޖަޕާނުގެ ހަމަހިމޭން ސަހަރެއްގައި ގަތުލްއާންމުތަކެއް ހިނގައިގެން އުޅޭ ހާދިސާއެކެވެ. ހައިރާންކުރުވަނިވި ކަމަކީ މަރުވާ އެންމެންގެ ގައިން ލޭ ހުސްވެފައި ހުންނަކަމެވެ. މި ހާދިސާއަށް ފަސް އަހަރު ވެގެން ދާއިރު ކޮކޮރޯ އަދި ތޮރަމަތްސޫ ލޯބިން ގުޅިގެން އުޅޭތާ އަހަރެއް ފާއިތުވެ، މަޑުމަޑުން ފޮރުވިފައިވާ ސިއްރުތައް ހާމަވާން ފަށަ އެވެ. މިއީ ވެމްޕަޔާ އަކާ އާދައިގެ އިންސާނެއްގެ ލޯބީގެ ވާހަކައެއް ހިމެނޭ ސީރީޒްއެކެވެ. މި ސީރީޒްގައި ޖުމްލަ ނުވަ އެޕިސޯޑު ހިމެނިފައިވެ އެވެ.

    • ޑިއާ މައި ލޯންލިނެސް އެންޑް ޑާކްނެސް:
    • 14 އަހަރަށް ފަހު ސްކޫލް ރީޔުނިއެން ޕާޓީއަކުން އަނބުރާ ދިމާވާ ހަ ރަޙުމަތްތެރިންގެ ވާހަކަ މި ސީރީޒްއިން ދައްކުވައިދެ އެވެ. މި ޕާޓީ ތެރެއިން އެންމެން ދިމާވެ އަހަރުތަކެއް ކުރިން ގްރެޖުއޭޝަންގައި ވަޅުލި ޓައިމް ކެޕްސޫލް ކޮނެގެން ނެގުމަށް އެންމެން ނިންމަ އެވެ. ޓައިމް ކެޕްސޫލުގައި ހިމެނޭ ނޯޓެއްގައި "ޔުކީ ނަކާނޯ" މި ނަން އޮތަސް އެއީ ކާކުކަން މި ރަހުމަތްތެރިންގެ ތެރެއިން އެކަކަށް ވެސް ސިފަ ނުކުރެވެ އެވެ. އެހެންކަމުން ޔުކީ ނަކާނޯއަކީ ކާކުކަން ހޯދަން ކުރާ މަސައްކަތް މި ސީރީޒުން ފެނިގެންދާނެ އެވެ. މި ސީރީޒްގައި ޖުމްލަ 8 އެޕިސޯޑު ހިމެނިފައިވެ އެވެ.

    • ގްރޭޓް ޓީޗަރު އޮނިޒުކާ:
    • ގްރޭޓް ޓީޗާ އޮނިޒުކާ ނުވަތަ ޖީޓީއޯ އަކީ މަޝްހޫރު މަންގާއެއްގެ މައްޗައް ބިނާކޮށް ތައްޔާރުކޮށްފައިވާ ސީރީޒްއެކެވެ. މި ސީރީޒްގެ އެނިމޭއެއް ވެސް އުފައްދާފައިވާކަން ފާހަގަކޮށްލެވެ އެވެ. މި ސީރީޒްގައި ފެނިގެންދާނީ އޮނިޒުކާ ނަމަކަށް ކިޔާ ކުރީގެ ބައިކާ ގޭންގެއްގެ އިސްމީހެއް ސްކޫލެއްގެ ޓީޗަރެއްގެ ވަޒީފާ އަދާ ކުރަން ދިޔުމުން ދިމާވާ އެކި އެކި ހާދިސާތަކެވެ. މިއީ ކޮމެޑީ ސީރީޒްއެއްކަން ފާހަގަކޮށްލެވެ އެވެ. މި ސީރީޒްގެ ސީޒަން 1ގެ 11 އެޕިސޯޑު އަދި ސީޒަން 2ގެ 4 އެޕިސޯޑު މިހާރު ވީޑީއޯކްލަބުން ބަލާލެވޭނެ އެވެ.

    މީޑިއާނެޓުން ބުނީ މަގުބޫލު ޖަޕަނީޒް ސީރީޒްތަކެއް ވީޑިއޯކްލަބް ހިދުމަތުގައި ހިމެނިގެންދިއުމީ އެ ޕްލެޓްފޯމް ކުރިއަށް އެރުމުގައި އެޅިގެންދިޔަ އިތުރު ބޮޅެއް ކަމަށެވެ.

    މި އަހަރަކީ ވެސް ގިނަގުނަ އައު ކޮންޓެންޓް ވީޑިއޯކްލަބް މެދުވެރިކޮށް ދިވެހިންނާއި ހަމައަށް ގެނެސްދޭނެ އަހަރެއް ކަމަށް މީޑިއާނެޓުން ބުނެ އެވެ.

    ދިވެހި އަމިއްލަ އުފެއްދުންތަކާއި އިނގިރޭސި، ހިންދީ އަދި މި ނޫނަސް އެކި ކަންކޮޅުތަކުގައި އުފައްދާ މުނިފޫހުފިލުވަނިވި ފިލްމާ ސީރީޒް ވީޑިއޯ ކްލަބް މެދުވެރިކޮށް ފަސޭހަކަމާއެކު ދިވެހިންނަށް ބަލާލެވޭއިރު، އެމް އޮރިޖިނަލްސް ބެނާގެ ދަށުން ދިވެހި އައު އުފެއްދުންތަކެއް ވެސް ވީޑިއޯ ކްލަބުން ބަލާލެވެ އެވެ.

    މީޑިއާނެޓުގެ ވީޑިއޯކްލަބް ހިދުމަތަކީ ވީޑިއޯ އޮން ޑިމާންޑް ކޮންސެޕްޓުގައި ދިވެހިރާއްޖެއިން މިހާރު އެންމެ ކުރިއަރަމުން އަންނަ އެއް ޕްލެޓްފޯމެވެ.