Advertisement

ޓްރަމްޕްގެ ހިޔާނާތުގެ މައްސަލަ އިސްތިއުނާފު ކުރިއިރު، ޖޫރިމަނާގެ އަދަދު އިތުރުވަނީ

27 ފެބުރުވަރީ 2024 - 12:46 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: އޭޕީ


ޓްރަމްޕްގެ ހިޔާނާތުގެ މައްސަލަ އިސްތިއުނާފު ކުރިއިރު، ޖޫރިމަނާގެ އަދަދު އިތުރުވަނީ

27 ފެބުރުވަރީ 2024 - 12:46 0

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހިޔާނާތުގެ މައްސަލަ އިސްތިއުނާފް ކުރިއިރު، ޖޫރިމަނާގެ ފައިސާ ދައްކަން ޖެހޭ އަދަދު އިތުރުވެއްޖެ އެވެ.

ޓްރަމްޕްގެ މައްޗަށް ސާބިތުވެފައި ވަނީ އެ މަނިކުފާނުގެ އާއިލީ ވިޔަފާރިން ލިބޭ އާމްދަނީ އޮޅުވާލައި، ބޭންކްތަކަށް އޮޅުވާލައިގެން ލޯނު ހޯއްދަވަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ޓްރަމްޕްގެ މައްޗަށް އެމެރިކާގެ ކޯޓުން ހިޔާނާތުގެ މައްސަލައިގައި ޖޫރިމަނާ ފައިސާ އާއި އިންޓްރެސްޓާއެކު 454 މިލިއަން ދައްކަން ހުކުމް ކޮށްފައިވާއިރު، ފައިސާ ނުދައްކާ ކޮންމެ ދުވަހަކަށް 112،000 ޑޮލަރު ދައްކަން ޖެހެ އެވެ.

ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ އެމަނިކުފާނުގެ ބައެއް މުދާތައް ހިފަހައްޓާނެ ކަމަށްވެސް ކޯޓުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން ޓްރަމްޕްގެ މައްޗަށް ކުރި ހުކުމުގައި ވަނީ އެ މަނިކުފާނު ނިއުޔޯކްގެ ކޯޕަރޭޝަނެއްގައި އޮފިސަރެއް ނުވަތަ ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުން ތިން އަހަރަށް މަނާކޮށްފަ އެވެ.

ނޮވެމްބަރު 5, ގައި އޮންނަ އެމެރިކާގެ އިންތިހާބުގައި ވާދަކުރައްވާނެކަން ޓްރަމްޕް އިއުލާން ކުރައްވާފައިވާއިރު، އެމަނިކުފާނުގެ ޖިނާއީ މައްސަލަތަކެއްވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ.

އުމުރުން 77 އަހަރުގެ ޓްރަމްޕްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ރައީސަކަށް ވުމުގެ އިމްތިޔާޒް އެމަނިކުފާނަށް ލިބެން ޖެހޭ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ކޯޓުން ވަނީ ޓްރަމްޕަށް ރައީސަކަށް ވުމުގެ އިމްތިޔާޒް ނުދޭން ނިންމައިފަ އެވެ.